އެމެރިކާ ނާއިބް ރައީސް މަޝްވަރާގެ އިރުޝާދަށް ޓްރަމްޕާ ނަތަންޔާހޫއަށް ފޯނުން ގުޅުއްވަމުން ގެންދެވި

ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ކުރިއަށްދިޔަ މުހިންމު މަޝްވަރާތަކުގައި އެމެރިކާގެ ނާއިބް ޖޭ.ޑީ ވޭންސް ބައިވެރިވެވަޑައިގެންނެވިއިރު، އޭނާއަށް ކޮންމެ ކަމަކަށްވެސް ގޮތެއް ނިންމަން ޓްރަމްޕާ ގުޅަން ޖެހުނެވެ. އޭނާ ބައިވެރިވެރިވެ ވަޑައިގަތް އިރު ކަންކަން ނިންމުމަށް އިޚުތިޔާރު ދީފައެއް ނުވެެއެވެ. މިއީ އީރާނުގެ މަންދޫބު ގާލިބާފްއާ އަޅާބަލާއިރު ފާހަގަކުރެވޭ ބޮޑު ތަފާތެކެވެ.

މި މަޝްވަރާތައް ކުރުމުގެ ތެރެއިން ވޭންސް ވަނީ 21 ގަޑިއިރުގެ ތެރޭގައި ޓްރަމްޕާ 12 ފަހަރަށްވުރެ ގިނަ ފަހަރު ފޯނުން ގުޅައި ގޮތް ނިންމަން އިރުޝާދަށް އަހާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ ވިދާޅުވި ގޮތުގައި، އެ މަޝްވަރާތަކުގައި ވޭންސް ވަނީ މަދުވެގެން އެއްފަހަރު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވެސް ފޯނުން ވާހަކަދައްކައި އިރުޝާދަށް އަހާފައެވެ. މިއީ އެމެރިކާގެ ނިންމުންތަކަށް ޔަހޫދީންގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!