އިތުބާރު ނެތުމުގެ މައްސަލައަކީ މަޝްވަރާތަކަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެންސް ވިދާޅުވެއްޖެ

ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް އިތުބާރު ނެތުމުގެ މައްސަލައަކީ މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގައި އަލުން މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ވެންސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަކީ އަވަސް ހައްލެއް ހޯދޭނެ ކަމެއް ނޫނެވެ. އަދި މި ގޮންޖެހުން އޮތްކަން ދެ ފަރާތަށްވެސް އެނގޭ ކަމަށާއި، މިކަމުގައި ކުރިއަށް ދާންޖެހޭނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވެންސް ވަނީ އީރާނުގެ މަންދޫބުން އެއްބަސްވުމަކަށް އައުމަށް ޝައުގުވެރިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަމަކީ ކުރިއަށް އޮތް މަޝްވަރާތަކަށް ލިބޭ އުންމީދީ ނިޝާނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޕާކސްތާންގައި ކުރިއަށް ދިޔަ މަޝްވަރާތައް ފޭލިކޮށްލާފައެވެ. މުހައްލިލުން ދެކޭ ގޮތުގައި ޓްރަމްޕްގެ ދަނބިދަރި ޖަރޑް ކުޝްނާއާއި އޭނާގެ ވިޔަފާރި ބައިވެރިޔާ ސްޓީފް ވިޓްކޯފަށް އީރާނުން އިތުބާރު ނުކުރާތީ އީރާންގެ އެދުމަށް  ފޮނުޮއްވި ނާއިބް ރައީސް ކާމިޔާޞު ވެދާނެތީ ޓްރަމްޕް ވަނީ ގަސްތުގައި ވާހަކަތައް ފޭލިކޮށްލާފައެވެ.

ދެ ގައުމުގެ ވަފުދުތަކުން ހަފްތާ ބަންދުގައި 21 ގަޑިއިރަށްވުރެ ގިނަ ވަގުތު މަޝްވަރާ ކުރި އެވެ. ނަމަވެސް، މުހިންމު ކަންކަމުގައި އެމެރިކާއިން ހަރުކަށިކަން އިސްކުރުމުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މިހާރު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބަލިކަށިކޮށް އޮތްއިރު، ސަރަހައްދީ ގައުމުތަކުން ދަނީ މި ހާލަތާ މެދު ނުތަނަވަސްކަން ފާޅު ކުރަމުންނެވެ.

ވެންސް އިތުރަށް ވިދާޅުވީ، ދެ ފަރާތުންވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި މި ޑިޕްލޮމެޓިކް މަރުހަލާއަކީ ކެތްތެރިކަމާއި މެދުކެނޑުމެއް ނެތް މަސައްކަތްތަކެއް ބޭނުންވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނާއި އެމެރިކާގެ މަޝްވަރާތަކަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކޮށް، މަސްލަހަތު ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެދޭ ކަމެކެވެ. ކުރިއަށް އޮތް ބައްދަލުވުންތައް ބާއްވާނެ ތާރީޚެއް ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

ހިއްސާ ކުރައްވާ!