ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އެމެރިކާގެ 44 މަތިންދާބޯޓު ގެއްލި، ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ

އިންޑިއާގެ ކުރީގެ އެއާ މާޝަލް ސަންޖީވް ކަޕޫރު ވިދާޅުވަނީ، އާންމުކޮށް ލިބެންހުރި ދިފާއީ ތަފާސްހިސާބުތަކާއި މައުލޫމާތާއި އަގުތަކަށް ބަލާއިރު، ފެބްރުއަރީ 28 އިން ފެށިގެން އީރާނާއެކު އެމެރިކާއިން ފެށި ހަނގުރާމައިގައި މިހާތަނަށް އެމެރިކާއަށް 44 މަތިންދާބޯޓު ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި އެމެރިކާ ސިފައިންގެ އެކި ގޮފިތަކުން ބޭނުންކުރި ޕައިލެޓުންނާއެކު ދުއްވާ އުޅަނދުތަކާއި އިންސާނުންނާ ނުލައި ދުއްވާ އުޅަނދުތައް ހިމެނެއެވެ.

ހަލާކުވި މީހުންނާ އެކު ދަތުރުކުރާ ބައެއް އުޅަނދުތައް ލިސްޓު ކުރަމުން އޭނާ ވިދާޅުވަނީ އޭގެ ތެރޭގައި:

  • އެފް 15 އީގެ 4 ފައިޓަރ ޖެޓް
  • އޭ 10ގެ 2 މަތިންދާބޯޓު
  • ސީ 130ގެ 1 ބޯޓޫ
  • އީ 3ގެ އެއާބޯން ވޯނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް އެއާކްރާފްޓްގެ 1
  • ވައިގެ ތެރޭގައި ތެޔޮ އަޅާ ކެސީ 35ގެ 8 ބޯޓު
  • ޗިނޫކް ހެލިކޮޕްޓަރ 1
  • އެޗްއެޗް 60ގެ 1 ހެލިކޮޕްޓަރ
  • ޚާއްސަ އޮޕަރޭޝަންގައި ބޭނުންކުރާ އެމްއެޗް6ގެ 4 ހެލިކޮޕްޓަރ

މި މުއްދަތުގެ ތެރޭގައި އެމެރިކާގެ އެމްކިޔޫ 9 މަރުކާގެ 17 ރީޕަރ ޑްރޯން ވަނީ ގެއްލިފައެވެ. މިއިން ކޮންމެ ޑްރޯނެއްގެ އަގު 32 މިލިއަނާއި 35 މިލިއަން ޑޮލަރަށް އަރާނެއެވެ.

މި ޑްރޯންތަކުން ލިބުނު ގެއްލުމުގެ ޖުމްލަ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އަދި އެމެރިކާއިން ވަނީ އީރާންގެ ޔުރޭނިއަމް ވަގަށް ނެގުމަށް ހިންގި އޮޕަރޭޝަންގައި ވެސް ގިނަ ބޯޓުތަކެއް ހަލާކުވެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާފައެވެ.

މީޑިއާއާއި މުހައްލިލުންގެ އަންދާސާއަކީ އެމެރިކާގެ ވައިގެ އުޅަނދުތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 8 ބިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށެވެ.

އަދި މި ކުރިމަތިލުންތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ހިނގި ޖުމްލަ ޚަރަދު 26 ބިލިއަނާއި 30 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ވެސް އެނަލިސްޓުން ލަފާކުރެއެވެ.

މި ގެއްލުންތަކުގެ އިތުރުން، އޭޕްރިލް 9 ވަނަ ދުވަހު ޕާޝިއަން ގަލްފަށް އެމެރިކާގެ އެމްކިޔޫ 4 ސީ ޓްރައިޓަން ސަވައިލަންސް ޑްރޯނެއް ވެއްޓިފައިވާކަން ވަނީ ކަށަވަރުވެފައެވެ. މިއިން ދްރޯނެއްގެ އަގު އުޅޭނީ 200 މިލިއަނާއި 240 މިލިއަން ޑޮލަރާ ދެމެދުގައެވެ.

ހިއްސާ ކުރައްވާ!