ހަނގުރާމަ ފެށިދާނެ ކަމަށް ބުނެ ހަމަލަ އަމާޒު ކުރާނެތަންތަން އިއުލާންކޮށްފި

ސޮލީބީ އެމެރިކާގެ ހަރަކާތްތައް މިފަހުން ހުރި ގޮތް މުޠާލިއާ ކުރުމަށް ފަހު އެމެރިކާއިން ދާދި އަވަހަށް އީރާނަށް ހަމަލަ ދޭން ފަށާފާނެ ހެން ހީވާކަމަށް އީރާން ނިއުސް އެޖެންސީން ދާދި ދެންމެއަކު ބުނެފިއެވެ.

އެއާއެކު ބުނެފައި ވަނީ މިފަހަރު އެމެރިކާއިން ހަމަލަތައް ދޭން ފަށައިފިނަމަ، ކުރިން ގެންގުޅުނު ގޮތަށް އީރާނުން އަމިއްލަ ނަފްސު ކޮންޓްރޯލު ކޮށްގެން ނޯންނާނެ ކަމަށެވެ.
އަދި އެއާއެކު، ހަނގުރާމަ، ބާބުލްމަންދަބު ކަނޑު އޮޅިއަށާއި އެމެރިކާ ކަނޑުގެ ސިފައިން ބޭނުން ކުރާ ސައޫދީ ކަނޑުގެ ބަނދަރު ކަމަށްވާ ޔަންބުޢު އަދި ސައުދީ ތެޔޮ އުފައްދާ އަރާމްކޯއާއި ފުޖައިރާވެސް އީރާނުގެ އަމާޒު ތަކަކަށް ވެގެން ހިނގައި ދާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!