ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަކީ ފެއިލްވެފައިވާ ދައުލަތެއް

އެމެރިކާގެ އެތެރޭގެ ސިޔާސީ އަދި މުއައްސަސާތަކުގެ ފެންވަރުގައި ހީނަރުކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުންދާން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރިލް 24 ވަނަ ދުވަހު އިންޑިއާ އާއި ޗައިނާއަށް ފާޑުވިދާޅުވެ، އއެ ދެގައުމަކީ "ނަރަކަކެއް" ކަމަށް ސިފަކުރައްވާއިރު އިންޑިއާގެ މީޑިއާއިން ބުަނނީ އެމެރިކާގެ އަމިއްލަ ހާލަތުން ދޭހަވަނީ ސިޔާސީ އިލްމުވެރިން "ފެއިލްވެފައިވާ ދައުލަތަކާ" ގުޅުވާ ބައެއް ސިފަތަކާއި ނިޝާންތައް އެމެރިކާއިން ފެންނަ ކަމަށެވެ.

ދައުލަތެއް ފެއިލްވުން ވަޒަންކުރުމުގައި ސިޔާސީ އިލްމުވެރިން ވަކި ޚާއްޞަ އަލާމާތްތަކެއް ފާހަގަކުރެއެވެ.

މީގެ ތެރޭގައި ގާނޫނީ ހުކޫމަތުގެ ބާރުވެރިކަން ކުޑަވުމާއި، ގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ހީނަރުވުމާއި ބާރުގެ ބޭނުންކުރުމަށް ނުކުޅެދުމާއި، ގައުމުގެ އިސް ސަފުގެ ބޭފުޅުންގެ މެދުގައި ބައިބައިވުން އުފެދުމާއި، މުއައްސަސާތަކަށް އޮންނަ އާންމުންގެ އިތުބާރު ކުޑަވުމާއި، އަދި އަސާސީ ސިޔާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތް ނުކުޅެދުމަކީ މިކަންކަމުގައި ހިމެނޭ ސިފަތަކެކެވެ. މި އަލާމާތްތައް އެމެރިކާގެ މިހާރުގެ ސިޔާސީ މާހައުލުން ފެންނަން ހުރިކަމަށް މުހައްލިލުން ބުނެއެވެ.

އެމެރިކާގެ ގާނޫނީ ނިޒާމު ފަރުމާކޮށްފައި ވަނީ އެގްޒެކެޓިވް ނުވަތަ ވެރިކަން ހިންގާ ފަރާތުން އަމިއްލައަށް ނިންމާ ނިންމުންތައް ހަނިކުރާ ގޮތަށެވެ.

ކޮންގްރެސް އާއި، ކޯޓުތަކާއި، އަދި ގާނޫނުއަސާސީއަކީ ބާރުތައް ކޮންޓްރޯލްކުރާ ޗެކް އެންޑް ބެލެންސްގެ ވަސީލަތްތަކެއްގެ ގޮތުގައި އެއް ބާރުން އަނެއް ބާރާ ދެމެދު މަސައްކަތްކުރަންޖެހޭ ގޮތަށެވެ. ނަމަވެސް، އެމެރިކާ ރައީސް ދާދިފަހުން ނިންމެވި ނިންމެވުންތަކަށް މި މުއައްސަސާތަކުން ބަލައިގަނެ އެދެވޭ ގޮތެއްގައި އިޖާބައެއް ދީފައެއް ނުވެއެވެ.

އީރާނާ ދެކޮށްޅަށް ޔަހޫދީ ރެޖީމާ ގުޅިެގން އެމެރިކާއިން ފެށި ސޮލީބީ ސަހުޔޫނީ އުދުވާނަކީ އެމެރިކާގެ މި ބައިބައިވުން ހާމަކޮށްދޭ މިސާލެކެވެ.

އީރާނުގެ ލީދަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ޓްރަމްޕް އަމުރުކުރެއްވި ވައިގެ ހަމަލާތަކުގެ ސަބަބުން އީރާނާއެކު ދިގުދެމިގެންދާ ކުރިމަތިލުމެއް އުފެދިފައި ވެއެވެ. ޓްރަމްޕް މި އަމުރު ނެރުއްވީ ރަސްމީކޮށް އޭނާއަށް ލިބިވަޑައިގަންނަވާ ބާރުން ހަނގުރާމަ އިޢުލާނުކުރުމެއް ނެތި އެވެ. އަދި އެކަމަށް ކޮންގްރެސްގެ ހުއްދައެއް ނެތި އެވެ. އަދި، މިކަމަށް އަމުރު ކުރެއްވީ ވައިގެ ތެރޭގައި ދަތުރު ކުރައްވަމުން އެއަރ ފޯސް ވަންގެ ތެރޭގައި ހުންނަވައިގެންނެވެ.

މި އޮޕަރޭޝަނުން އެމެރިކާ ހާސިލު ކުރަން ބޭނުންވި މަގްސަދުތައް ހާސިލެއް ނުވިއެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަދިވެސް އެ ގޮތުގައި ކުރިއަށްދެއެވެ.
ވެރިކަން ބަދަލުކުރުމުގެ ނަމުގައި އީރާންގެ ލީޑަރު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިން ކާމިޔާބެއް ނުލިބުނެވެ.
އީރާނުން ވާގިވެރިވާ ހިޒްބުالله އާއި ހޫތީންގެ ހަރަކާތްތައް އަދިވެސް ބާރަށް ކުރިއަށް ދެއެވެ.

އެމެރިކާގެ ރައީސް އޭނާގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ނުވަތަ އޭނާ ހިފެހެއްޓުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެމެރިކާގެ މުއައްސަސާއަކަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ޚުދުމުޚުތާރު އަމިއްލަ ނިންމުންތައް ހުއްޓުވުމަށް ކަނޑައެޅިފައިވާ އެމެރިކާގެ ގާނޫނީ ނިޒާމު، އޭގެ މަގްސަދާ އެއްގޮތަށް މަސައްކަތެއް ނުކުރެއެވެ. އެހެންވެ އެމެރިކާ ފެއިލް ވެފައިވާ ދައުލަތެއްގެ ދަރަޖައަށް ދާތަން ފެނެއެވެ.

އެމެރިކާގައި ދާޚިލީ ހަނގުރާމައެއް ނުވަތަ އިގްތިސާދީ އިނދަޖެހުމެއް އަދި ފެންނާން ނެތެވެ. އެހެންނަމަވެސް، ސިޔާސީ އަދި މުއައްސަސާގެ ފެންވަރުގައި ބަލިކަށިކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުން ދެއެވެ. ގާނޫނީ ޙުކޫމަތުގެ ބާރުވެރިކަން ކުޑަވުމާއި، އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކާއި، އަދި ނިޒާމީ ސިފައެއްގައި ނަހަމަ ގޮތެއްގައި ބޭނުން ކުރާ ބާރުތައް ކޮންޓްރޯލް ކުރެވެން ނެތުމުގެ ސަބަބުން، އެމެރިކާއަކީ ސިޔާސީ ގޮތުން "ފެއިލްވެފައިވާ ދައުލަތެއް" ކަމަށް ބެލެވޭ ހާލަތްތަކާ ގާތަށް އެގައުމުގެ ކަންކަން މިހާރު ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!