ކާޝް ޕަޓޭލް މަގާމުން ވަކި ކުރަން ދެން ގިނަ ދުވަހެއް ނު ނަގާނެ ކަމަށް ރިޕޯޓްތައް ބުނޭ

އެމެރިކާގެ އެފްބީއައިގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ކާޝް ޕަޓޭލް އެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެ، އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިއްޖެއެވެ. ޓްރަމްޕްގެ ސަރުކާރުން އޭނާ ވަކިކުރަން އުޅޭ ކަމުގެ ވާހަކަތައް ފެންމަތިވެފައިވަނީ، މީގެ ކުރިން ބަނގުރާ ބޮއެގެން މަސްތުވެގެން ހުރެ ހިންގާފައިވާ އަމަލުތަކަކާ ގުޅިގެން ހައްޔަރުކުރި މައްސަލަތަކަކާއި، 250 މިލިއަން ޑޮލަރުގެ ގާނޫނީ މައްސަލައެއްގެ ތެރެއަށް އޭނާގެ ނަން ވަދެ ހުތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކު 'ޕޮލިޓިކޯ' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ވަގުތު ޖެހުމުން ޕަޓޭލް މަގާމުން ވަކިކުރާނެ ކަމަށެވެ. މި ވާހަކަތައް ފެންމަތިވެފައިވަނީ ވޮޝިންގޓަންގައި ބޭއްވި ވައިޓް ހައުސް ގެމުރާސިލުންގެ ޑިނަރގެ ތެރޭގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކާޝް ޕަޓޭލް އެފްބީއައިގެ ޑައިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ 14 މަސް ކުރިންނެވެ. އޭނާއަކީ އެމެރިކާގެ "ޑީޕް ސްޓޭޓް" އާ ގުޅޭގޮތުން ފޮތެއް ލިޔުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ ޓްރަމްޕްގެ ކެމްޕޭނުގައި ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދެއްކެވިއެވެ.

'ދަ އިންޓަރސެޕްޓް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮއެގެން މަސްތުވެގެން ހުރެ ހިންގި ދެ ހާދިސާއެއްގައި އޭނާ ހައްޔަރުކުރި ކަމަށް ޕަޓޭލް ވަނީ އިއުތިރާފުވެފައެވެ. އޭގެ ތެރެއިން އެއް ހާދިސާ ހިނގާފައިވަނީ ވާޖިނިއާގައި އޭނާ ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ. އަދި ދެވަނަ ހާދިސާ ހިނގާފައިވަނީ ނިއުޔޯކް ސިޓީގައި ގާނޫނީ ދާއިރާއިން ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ.

ސަރުކާރަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާއި މައްސަލަތަކުގެ ތެރޭގައި، ޕަޓޭލްއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު، އޭނާ އެ މަގާމުގައި ދެން މާގިނަ ދުވަހު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. އީރާނުން ބުނަނީ އެމެރިކާއިން އީރާންގެ ރެޖީމް ބަދަލު ކުރަން އުޅުމުން ބަދަލު ވަމުން ދަނީ އެމެރިކާގެ ރެޖީމް ކަމަށެވެ.

ހިއްސާ ކުރައްވާ!