އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީބީއެސްގެ "60 މިނިޓްސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ ނޯރާ އޯޑޮނަލް ކުރި ސުވާލުތަކަކާ ގުޅިގެން ކޯފާވެ، ރަތަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވައިޓް ހައުސް މުރާސިލުންގެ އަރަހީ ރޭގަނޑުގެ ވަލީމާގައި ބަޑީގެ ހަމަލާދޭން އުޅުނު މީހާ ލިޔުނު ލިޔުމަކާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ.
ނޫސްވެރިޔާ އޯޑޮނަލް ވަނީ އެ ލިޔުމުގައި ހުރި ބަސްމަގާ ބެހޭގޮތުން ޓްރަމްޕާ ސުވާލުކޮށްފައެވެ. އެ ލިޔުމުގައި ޓްރަމްޕްގެ ނަން ސީދާ ބޭނުންކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭގައި ހުރި ބަދުއަޚުލާގީ ތުހުމަތުތަކާ މެދު ކަންބޮޑުވޭތޯ އޯޑޮނަލް ސުވާލު ދެންނެވިއެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ލިޔުމަކީ "ހަރުކަށި ފިކުރުގެ" އެއްޗެއްގެ ގޮތުގައި ސިފަކޮށް، މީޑިއާއިން މަސައްކަތް ކުރަނީ "ނެތް ކަމެއް އުފަންކުރަން" ކަމަށް ވިދާޅުވެފައެވެ.
މި އިންޓަވިއުގައި ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ "އެއްވެސް އިރެއްގައި ޖިންސީ އަނިޔާއެއް ކޮށްފައި ނުވާނެ" ކަމަށެވެ. އޮރިޔާން ފިލްމު ކުޅޭ ޑެނިއެލް ސްޓޯމީ ރޭޕް ކޮށްގެން އޭނާއަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ޝަރީއަތުގެ ވާހަކައަށް ރައީސް ޓްރަމްޕް އިޝާރާތެއް ނުކުރައްވައެވެ. އަދި ނޫސްވެރިޔާ އޯޑޮނަލް މަސައްކަތް ކުރަނީ ދޮގު ވާހަކަތަކެއް ފެތުރުމަށް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވީ، އެ ލިޔުމުގަިއ ބުނެފައިވާ ވާހަކައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ނޫސްވެރިޔާގެ ސުވާލުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ސުވާލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މި އިންޓަވިއުގެ ކްލިޕްތައް ސޯޝަލް މީޑިއާގައި މީހުން ގެންދަނީ އަނބުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރަނީ ކޫލް ނޫސްވެރިޔާގެ ހަރުދަނާ ސުވާލުތަކާއި ޓްރަމްޕްގެ ހަރުކަށި ރައްދެވެ.
ޓްރަމްޕް ހޫނު ވުމުން އޯޑޮނަލް ދެންނެވީ އެ ލިޔުމުގައި އެ ބުނަނީ ތްރަމްޕްގެ ވާހަކަ ތޯއެވެ؟ އެހިސާބުން ޓްރަމްޕް ބައްދާލެވުނެވެ.



