އެމެރިކާގެ ޕްރޮކްސީ ޔަހޫދީ ރެޖީމްގެ ދިފާއީ ވަޒީރު އިސްރޭލް ކަޓްޒް ބުނި ގޮތުގައި، އީރާނަކީ އިޒްރޭލަށް އޮތް ނުރައްކަލަކަށް ވިޔަނުދިނުމަށްޓަކައި އެ ގައުމާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅުތަކެއް އަޅަން މި ދަނީ ތައްޔާރު ވަމުންނެވެ. ޔަހޫދީ ކަލޭގެ މިހެން ބުނެފައި ވަނީ ޔަހޫދީ ޖެނޮސައިޑް ސިފައިންގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.
ކަޓްޒްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖެނޮސައިޑް ރެޖީމްގެ ބޮޑު ވަޒީރު ނަތަންޔާހޫ ގުޅިގެން، އީރާނުން ކުރިމަތިވެދާނެ ނުރައްކާތައް ހުއްޓުވުމަށް އަލުން މަސައްކަތް ކޮށް ސައްލާ ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އެފަރާތުން ބުނިގޮތުގައި އިޒްރޭލާއި، އެމެރިކާ އަދި މިނިވަން ދުނިޔެއަށް އީރާނުގެ ފަރާތުން އޮތް ބިރުވެރިކަން ނައްތާލުން ކަމަށެވެ.
އަންނަ ހަފްތާގައި ދީފާނެ ކަމަށް ބެލެވޭ މި ހަމަލައަށް ފައްކާ ކުރުމަށްޓަކައި މި ދެ ދުވަސް ތެރޭ ހިނގާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ބަހުރައިން އިން ހުރުމުޒު ހުޅުވުމަށް ބާރުއަޅައި އީރާން ނުބައި މީސްކޮށް ބަޔާންތައް ނެރުމަށް އދގައި ބައްދަލު ވުމެއް ބޭއްވި. ރާއްޖެއިން ވަނީ ފާރިސީ ކަނޑު އޮޅީގައި އުޅޭ އަރަބިންގެ ތައީދުގައި ވާހަކަ ދައްކާފަ.
އެމެރިކާ އަދި އެމެރިކާގެ ޕްރޮކްސީ ޔަހޫދީ ރެޖީމްއާއި އެމީހުންގެ ހަމަލަތަކަށް އަސްކަރީ މަރުކަޒުދޭ އަރަބިންނަށް ނަސޭހަތްތެރިވެ ރާއްޖެއިން ބަހެއް ބުނެފައެއް ނުވޭ. - ލަންޑަންގައި ޔަހޫދީންގެ ބަޔަކަށް ދިން ހަމަލައަކީ އީރާނުން އަޑީގައި އޮވެގެން ދިން ހަމަލައެއް ކަމަށް ބެލެވޭ ގޮތަށް ޔޫކޭ ބޮޑު ވަޒީރު ވަނީ މިއަދު ބަޔާން ނެރެފަ.
- އީރާން ދިފާއު ކުރުމަށް ރައްޔިތުން ތައްޔާރަށް ތިބުމަށް ޔޫކޭގައި ހުންނަ އީރާންގެ ކޮންސިއުލޭޓަކުން އެކްސްގައި ކުރި ޕޯސްޓަކީ ޖާނު ގޮއްވާލުމަށް ހިތްވަރު ދިނުމެއް ކަމަށް އިނގިރޭސިން މާނަކޮށް އީރާން ނުބައި މީސްކޮށްފައި ވޭ.
- ޓްރަމްޕް ވަނީ އަޑަށް ވުރެން ބާރަށް ދަތުރުކުރާ މިސައިލުން އީރާނަށް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލަ ދޭނެ ކަމުގެ އިޝާރާތެއް ދީފަ.
- އީރާނަށް ހަމަލަ ދިނުމާ ގުޅޭ ގޮތުން ވައިޓްހައުސްގައި މި ރޭ ސައްލާ ކުރުން އޮންނާނެ. އަދި އެއަށްފަހު ހަމަލަ ދޭނެ މިންވަރު އެމެރިކާއިން ނިންމާނެ.
- ފްރާންސުން ބުނަނީ ފާރިސީ ކަނޑު އޮޅީގައި ތިބޭ ރައްޓެހިންގެ ދިފާއުގައި ފްރާންސް ސިފައިން މިހާރު އެ ސަރަހައްދަށް ފޮނުވާފައި ވާނެ ކަމަށް.
- އީރާނުން ބުނެފައި ވަނީ ހުރުމުޒު ބަންދުކޮށްގެން އުޅޭ ނަމަ ތުރާ ފިލުވުމަށް ދޭ ހަމަލައަކުން އެމެރިކާ މަސްއޫލުވެރިން ހިތްހުއްޓިދާނެ ކަމަށް!
ޔަހޫދީ ޖެނޮސައިޮޑް ރެޖީމުން ދަނީ މި ދަނޑިވަޅުގައި ފައިދާ ނަގައިގެން އީރާނަށް ހަމަލަ ދިނުމަށްޓަކައި މީހުންގެ ސިކުނޑި ފައްކާ ކުރަމުންނެވެ. "އަޅުގަނޑުމެން އަސްކަރީ ހަމަލައަށް ތާއީދުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނަން. ނަމަވެސް މި މަގްސަދުތައް ހާސިލްކުރުމަށްޓަކައި ވަރަށް އަވަހަށް އަނެއްކާވެސް އަމަލީ ގޮތުން ފިޔަވަޅު އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއް،" ކަޓްޒް ބުންޏެވެ.
ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓުގެ ދަތުރުފަތުރަށް ހުރަސް އެޅ،ި ތެލާއި ގޭހުގެ އަގު ބޮޑުވެ ދަތުރު ފަތުރަށް ބުރޫ އަރާފައި ވެއެވެ. އަދި ހީލިއަމް ގޭހާއި ކޮންޑަމް އުފައްދާ ސާމާނާއި ޕްލާސްޓިކު އުފައްދާ ސާމާނާއި ގަސްކާނާއަށް ބުރޫ އަރާފައި ވެއެވެ. ދުނިޔެއިން ރަބީރު މޫސުމަށްފަހު ދަނޑުވެރިކަން ފެށުމަށް ތައްޔާރު ވަމުންދާއިރު ގަސްކާނާގެ ތަދުމަޑުކަމެއް ލައި ގަނެފައި ވެއެވެ.
މި ހުރިހަިއ މުސީބާތަކީ އެމެރިކާއާއި އެމެރިކާގެ ޕްރޮކްސީ ޔަހޫދީ ރެޖީމާ ހެދި ދިމާވެފައިޥާ ކަންކަމެވެ. ނަމަވެސް މިއިން އެއްވެސް ފަރާތެއް ކުށްވެރިކޮށް އެމީހުންގެ ނަން ގަންނާން އެއްވެސް ގައުމަކަށް ނުކެރެއެވެ.



