އީރާނާއެކު ކުރިއަށްދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ދިފާއުގައި ވާހަކަދައްކަވަމުން، "މޮޔައިންގެ އަތްމައްޗަށް ނިއުކްލިއަރ ހަތިޔާރު ދޫކޮށެއް ނުލެވޭނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ތެހެރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުންތަކަށް އިންކާރުކުރައްވައި، އީރާނުން ނިއުކްލިއަރ ބާރަކަށް ވުން ހުއްޓުވުމަށް މި ހަނގުރާމައަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވީ އޭނާއަށް ތާއީދުކުރާ ފޯރިގަދަ ސަޕޯޓަރުންގެ ކުރިމަތީގައެވެ.
ނަމަވެސް، އޭނާގެ މި ވާހަކަތަކާއެކު ތާރީޚީ ހަގީގަތެއް ވަނީ އަލުން ފެންމަތިވެފައެވެ. އެއީ ދުނިޔޭގައި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ 9 ގައުމެއް އޮތް ނަމަވެސް، ހަނގުރާމައެއްގައި މިފަދަ ހަތިޔާރެއް މަދަނީންނާ ދެކޮޅަށް ބޭނުންކުރި ހަމައެކަނި ގައުމަކީ އެމެރިކާ ކަމެވެ. އެއީ މިހާރު ޓްރަމްޕް އިސްވެ ހުންނެވި ގައުމެވެ.
އީރާނުން ނިއުކްލިއަރ ކްލަބާ ގުޅުން ހުއްޓުވުމަށްޓަކައި ކުރިއާލާ އަޅާ ފިޔަވަޅެއްގެ ގޮތުގައި މި ހަނގުރާމަ ސިފަކުރައްވަމުން، "މޮޔައިންގެ އަތަށް ނިއުކްލިއަރ ހަތިޔާރު ލިބުނަދީގެން ނުވާނެ" ކަމަށް ޓްރަމްޕް އޭނާގެ ސަޕޯޓަރުންގެ ގާތުގައި ވިދާޅުވިއެވެ. އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށްފަހު ހަނގުރާމަ "ނިމުމަކަށް އައިސްފައިވާ" ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އަސްކަރީ ފިޔަވަޅު އެޅުމާއި މަޝްވަރާ ކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ 9 ގައުމަކީ:
އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިންޑިއާ، ޕާކިސްތާން، އިސްރާއީލް އަދި އުތުރު ކޮރެއާއެވެ.
ނަމަވެސް، ހަނގުރާމައެއްގައި ނިއުކްލިއަރ ބޮން ގޮއްވާލާފައިވަނީ ހަމައެކަނި އެމެރިކާއިންނެވެ. އެއީ 1945 ވަނަ އަހަރު ހިރޯޝީމާ އަދި ނަގަސާކީ އަށެވެ.
ބައިނަލްއަގުވާމީ ގިނަ މުހައްލިލުން ދެކޭގޮތުގައި، މި ތާރީޚީ ތަފާތުގެ ސަބަބުން، ނިއުކްލިއަރ ނުރައްކާތަކާ ބެހޭގޮތުން ވޮޝިންގޓަނުން އެހެން ގައުމުތަކަށް އިންޒާރުދޭއިރު އެ ގައުމުގެ އަޚްލާގީ ހާލަތާ މެދު ސުވާލު އުފެދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، އާންމު ރައްޔިތުންނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރި ހަމައެކަނި ގައުމުގެ ގޮތުގައި އެމެރިކާއިން ތާރީޚުން ޖާގަ ހޯދާފައިވާއިރު، އެހެން ގައުމުތަކުން އެފަދަ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތްކުރުމަކީ ފުށުއަރާ ކަމެކެވެ.
އީރާނުގެ ހަނގުރާމައަކީ ނިއުކްލިއަރ ގާބިލުކަން ހޯދަން އުޅޭ "މޮޔައިންނާ" ދެކޮޅަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވުމުން، އެއްވެފައި ތިބި މީހުން އަތްޖަހައި "ޔޫ.އެސް.އޭ" އޭ ކިޔައި އަޑުގަދަކުރިއެވެ. ނަމަވެސް މުހައްލިލުން ފާހަގަކުރާ ގޮތުގައި، އޭނާ އެ ގެންނެވި ތަފާތުކުރުމަކީ ދުނިޔޭގެ ގައުމުތަކުން ސިޔާސީ ލީޑަރޝިޕާ މެދު ދެކޭގޮތާ ފުށުއަރާ ކަމެކެވެ.
ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުގެ އިސް ސިޔާސީ ޝަޚްސިއްޔަތުތަކަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ، ދައުލަތުގެ މުއައްސަސާތަކާއި ޚާރިޖީ ސިޔާސަތުގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ބޭފުޅުންނެވެ. އޭގެ ބަދަލުގައި، އެމެރިކާގެ ބައެއް ސިޔާސީ ލީޑަރުންނަކީ އިސްރާއީލުން ފައިސާ ހޯދައިގެން ކެމްޕޭން ކޮށް ވެރިކަމަށް އައިސްފައިވާ، އަންހެނުންނާއި ކުޑަ ކުދިން ރޭޕް ކުރުމުގެ ތުހުމަތުތައް ކުރެވޭ ޓެކްސް ނުދެއްކުމާއި ނާޖާއިޒު ވިޔަފާރީ މުއާމަލާތުގެ ތުހުމަކުރެވޭ ގާނޫނީ މައްސަލަތަކާ ބެހޭ ބަހުސްތައް ތަކުރާރުކޮށް ކުރިމަތިވަމުންދާ ބަޔެކެވެ.
އެހެންވެ، ނިއުކްލިއަރ ބާރުގެ "ޒިންމާދާރު" ބެލެނިވެރިކަން ވޮޝިންގޓަނުން މާނަކުރާ ގޮތާމެދު ބޭރު ގައުމުތަކުގައި ސުވާލު އުފެދެއެވެ. މީގެ އިތުރުން، އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އަދި އެ ތަކެތި ތަކުރާރުކޮށް ޒަމާނީ ކުރަމުންދާ ގައުމެއްކަންވެސް މުހައްލިލުން ފާހަގަކުރެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާގޮތުގައި ފާއިތުވި އަހަރުތަކުގައި ތެހެރާނުން ވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ ގާބިލުކަން އިތުރުކޮށްފައެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި އީރާނުން ވަނީ 60 އިންސައްތައަށްވުރެ މަތީ މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކޮށްފައެވެ. މިއީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން އިންޒާރު ދީފައިވާ މިންވަރެކެވެ. އެހެންނަމަވެސް، ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައާ ގާތްކުރާ މިންވަރަކަށް އީރާނުން އަދި އަމަލެއް ހިންގާފައެއް ނުވެއެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އާންމު ހަކަތައާއި ބޭސްވެރިކަމުގެ ބޭނުމަށް ކުރިއަށްގެންދާ ކަމެކެވެ. އަދި އީރާނަކީ ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެން.ޕީ.ޓީ) ގައި ސޮއިކޮށްފައިވާ ގައުމަކަށް ވުމާއެކު، އެ ގައުމުން ދަނީ އެ މުއާހަދާގެ ދަށުން އިންސްޕެކްޝަންތަކަށް ފުރުސަތު ދެމުންނެވެ.
ބައިނަލްއަގުވާމީ މުހައްލިލުން ގިނަފަހަރަށް މިކަން އަޅާކިޔަނީ، އެން.ޕީ.ޓީ ގައި ބައިވެރިނުވާ އަދި ނިއުކްލިއާ ހަތިޔާރު ހުރިކަމަށް ރިޕޯޓުކޮށްފައިވާ މެދުއިރުމަތީގެ، އިއުލާނުނުކުރާ އެމެރިކާގެ ޕްރޮކްސީ ނިއުކްލިއާ ބާރާއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، އެމެރިކާއިން އެހެން ގައުމުތަކުގެ ނިއުކްލިއާ އުންމީދުތަކާ މެދު އިންޒާރު ދެމުންދާއިރުވެސް، ވޮޝިންގްޓަންގެ ސަރަހައްދީ އެންމެ ގާތް ބައިވެރިޔާ އޮތީ ދުނިޔޭގެ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ އޮނިގަނޑުން ބޭރުގައެވެ.
ޓްރަމްޕްގެ ވާހަކަތަކުން ދުނިޔޭގެ ނިއުކްލިއާ ސިޔާސަތުގައި ތަކުރާރުވަމުންދާ ނުތަނަވަސްކަމެއް ހާމަވެއެވެ. އެއީ، އެމެރިކާގެ އަމިއްލަ ނިއުކްލިއާ ތާރީޚަކީ ފަނާކުރުވަނިވި ގޮތުން ދެވަނައެއް ނެތް މިސާލަކަށް ވީނަމަވެސް، ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވާ ބަލަދުވެރިޔާގެ ގޮތުގައި އެ ގައުމުން އަމިއްލައަށް ކަނޑައަޅާފައިވާ ކަނޑައެޅުމެވެ.
ދުނިޔޭގެ ދެކުނުގެ ގިނަ ގައުމުތަކަށް، މި ފުށުއެރުމުގެ ސަބަބުން ވޮޝިންގްޓަންގެ އަޚްލާގީ ދައުވާއާ މެދު ޝައްކު ކުރެއެވެ. ޓްރަމްޕްގެ އެންމެ ފަހުގެ ތަގުރީރަށްފަހު އަލުން އުފެދޭ ސުވާލަކީ ހަމައެކަނި އީރާނުން ބޮމެއް އުފައްދަން އުޅޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި، ހަނގުރާމައެއްގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރި ދުނިޔޭގެ ހަމައެކަނި ބާރަށް، އެފަދަ ހަތިޔާރެއް މިލްކުކުރުމަށް "އެކަށީގެންވަނީ" ކޮން ބައެއްކަން ނިންމުމުގެ އިތުބާރު އޮތްތޯ ކުރެވޭ ސުވާލެވެ.





