އުރުމިއާގައި ދައުލަތާ ދެކޮޅަށް ނިކުތް މީހަކު ދަންޖައްސައިފި

އީރާނުގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ އުރުމިއާގައި މިދިޔަ ޖެނުއަރީ މަހު ސޮލިބީ ސަހުޔޫނޫީ ބާރުތަކުން އަޑީގައި ތިބެގެން ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި، ވޮލަންޓިއަރު ބަސީޖް ފޯސްގެ މެންބަރަކު މަރާލި މީހަކަށް މަރުގެ އަދަބު ދީފިއެވެ. މި މައްސަލައިގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މެހްރާބް އަބްދުﷲޒާދާގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް އީރާނުގެ ސުޕްރީމް ކޯޓުން ދަމަހައްޓައި، ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމާ ގުޅިގެން، މިއަދު އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އުރުމިއާގައި ވަނީ ހުކުމް ތަންފީޒުކޮށްފައެވެ.

މައްސަލައިގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ޔަހުދީ ފައިސާގެ ނުފޫޒާއެކު ހިނގި އެ ހަމަނުޖެހުންތަކުގެ ތެރޭގައި، ހަރުކަށި އަމަލުތައް ހިންގި ގްރޫޕަކުން ވަނީ އުރުމިއާގެ މަގުތައް ބަންދުކޮށް އާންމު މުދަލަށް ގެއްލުން ދީފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބަސީޖް ފޯސްގެ މެންބަރެއް ކަމަށްވާ ސައްޔިދު އައްބާސް ފާތިމިއްޔާ އާއި އޭނާގެ ޓީމުން މަސައްކަތް ކުރަނިކޮށް، ޔަހޫދީން ވާގި ވެރިވި ޓެރަރިސްޓުން ވަނީ ވަރަށް އަނިޔާވެރިކޮށް އެމީހުންނަށް  ހަމަލާދީފައެވެ.

ސަލާމަތީ ބާރުތަކާއި ހަމަނުޖެހުން ހިންގި މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި، އަބްދުﷲޒާދާ ވަނީ ގަސްދުގައި ފާތިމިއްޔާ ކޮއްޕާލައި ބިމަށް ވައްޓާލާފައެވެ. ލިބިފައިވާ ހެކިތަކާއި އޭނާގެ އިއުތިރާފުން އެނގޭ ގޮތުގައި، ފާތިމިއްޔާ ބިމަށް ވެއްޓުމުން އޭނާގެ މޫނުމަތީގައި އެތައް ފަހަރަކު ތަޅައި، ދަގަނޑު ބުރިއަކުން އަނިޔާވެރިކޮށް ތަޅައި މަރާލިއެވެ. މި އަމަލުގައި ކުޑަކުދިންގެ ދެ ކުއްޖަކުވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުރުމިއާގެ ކޯޓުން އަބްދުﷲޒާދާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ބިމުގައި ފަސާދަ އުފެއްދުމުގެ ކުށުގައެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުން، އީރާނުގެ އެންމެ މަތީ ކޯޓުންވެސް ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ މޮސާޑް އިންޓެލިޖެންސް ސާވިސްއަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި ދެ މީހަކަށްވެސް ދާދި ފަހުން އީރާނުގެ ހުޅަނގު އުތުރު ޕްރޮވިންސެއްގައި މަރުގެ އަދަބު ދީފައިވެއެވެ.

ހިއްސާ ކުރައްވާ!