އެއް ސަފްހާގެ ފަހުނުނާމާއަކުން އެމެރިކާ އީރާނަށް ދީލާލީތަ؟ ބުނަނީ އެއްބަސްވުމަކަށް އާދެވެން ގާތް ވެއްޖެކަމަށް؟

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އެއް ސަފުހާގެ ފަހުމުނާމާއެއްގައި އެއްގައި ސޮއިކުރުމާ ގާތަށް ގޮސްފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި މަސްދަރުތަކުން ހާމަކޮށްފިއެވެ. އެމެރިކާ މީޑިއާ ބުނަނީ މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކުގައި ތަފްސީލީ މަޝްވަރާތަކަށް މަގުފަހިވެގެންދާނެއެވެ.

އެއް ސަފްހާގެ އެމެރިކާގެ މި ހުށަހެޅުމުގައި ހިމެނޭ 14 މާއްދާގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ވަގުތީ ގޮތުން ހުއްޓާލުން ހިމެނެއެވެ. މިކަމުގައި އީރާނުން 5 އަހަރު ހުށަހަޅާފައިވާއިރު، އެމެރިކާއިން ބޭނުންވަނީ 20 އަހަރެވެ. ނަމަވެސް މަސްދަރުތަކުން ބުނާ ގޮތުގައި މި މުއްދަތު 12 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ކަނޑައެޅުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ބިލިއަން ޑޮލަރު ދޫކޮށްލުމަށްވެސް އީރާނުން ހުށަހަޅާފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް ދެ ގައުމުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ވަނީ ހުށަހަޅާފައެވެ. އަދި ހަނގުރާމަ ނިމުމަކަށް އައިކަން އިއުލާންކުރުމަށްފަހު، 30 ދުވަހުގެ ތެރޭގައި ތަފްސީލީ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގައި އީރާނުން ކަނޑުދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކާއި އެމެރިކާގެ ކަނޑުގެ ހިސާރަ ކުރުން ދެފަރާތުން މަޑުމަޑުން އުވާލަމުން ގެންދާނެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގު ދާރު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކުރެވޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ދާއިމީ ހައްލަކަށް ވުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ މި މައްސަލައިގައި ޕާކިސްތާނުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، ކާމިޔާބު ނަތީޖާއަކަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން މި ހުށަހެޅުމަށް އެއްބަސްވެއްޖެނަމަ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލާނެ ކަމަށާއި، ހުރުމޒު ކަނޑުއޮޅި އީރާނާއެކު އެންމެނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަލުން ބޮން އެޅުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެމެރިކާގެ 14 މާއްދާގެ ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށާއި، އެއްބަސްވުމަކަށް އާދެވޭނީ އެއީ "އިންސާފުވެރި" އެއްބަސްވުމަކަށް ވާނަމަ ކަމަށެވެ.

ހިއްސާ ކުރައްވާ!