އިސްރާއީލުގެ ފާދިރީން ހިޓްލަރަށް ތައުރީފުކުރާ އޯޑިއޯތަކެއް ބޭޒާރުވެއްޖެ

ހިފާފައިވާ ހުޅަނގު އައްސޭރީގެ އިލީ ސެޓްލްމަންޓްގައި ހުންނަ ޔަހޫދީ ޖެނޮސައިޑް ސިފައިންނާ ގުޅުން އޮންނަ ދީނީ އެކަޑަމީއެއްގެ އިސް ދެ ފާދިރީއަކު، ހިޓްލަރަށް ސަޕޯޓުކޮށް ޔަހޫދީން ނޫން މީހުންނާއި އަރަބިންނާ ދެކޮޅަށް ޖެނޮސައިޑް ހިންގުމަށް ހިތްވަރުދީ އެޑޮލްފް ހިޓްލަރުގެ ފިކުރަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ރެކޯޑިންތަކެއް އިސްރާއީލުގެ ޗެނަލް 13 އިން ބްރޯޑްކާސްޓްްކޮށްފިއެވެ.

ބްނެއި ޑޭވިޑް ޕްރީ މިލިޓަރީ އެކަޑަމީގެ އިސްވެރިޔާ ފާދިރީ އެލީޒާ ކަޝްޓިއެލްގެ ރެކޯޑިންއެއްގައި އޭނާ ވަނީ އަރަބިންނަކީ ނަސްލީ ގޮތުން ގޮތުން ދަށް ބައެއްގެ ގޮތުގައި ސިފަކޮށް، އެމީހުންނަކީ ޔަހޫދީންގެ އަޅުންނަށް ވާން ޖެހޭ ބައެއް ކަމަށް ބުނެފައެވެ. "ޔަހޫދީއެއްގެ އަޅަކަށް ވުމަކީ އަރަބިންނަށް އެންމެ ރަނގަޅު ގޮތް. އެމީހުން ތިބީ އަޅުންނަށް ވާން އުފަލުން،" ކަޝްޓިއެލް ބުނެފައިވެއެވެ. މީގެ އިތުރުން އަރަބިންނަކީ އަމިއްލައަށް ގައުމެއް ހިންގުމުގެ ގާބިލުކަން ނެތް އެމެރިކާގެ ތައްޕާހުން އުޅޭ ބައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެކަޑަމީގެ އަނެއް ފާދިރީ ކަމަށްވާ ގިއޯރާ ރެޑްލާ، ހިޓްލަރު ހިންގި ކަމަށް ބުނެވޭ ހޮލޯކޯސްޓާ ބެހޭގޮތުން ދިން ދަރުސެއްގައި ހިޓްލަރު ޔަހޫދީން ނައްތާލުމަށް ކުރި ކަމަށް ބުނާ މަސައްކަތަށް ތައުރީފުކޮށް ވާހަކަދައްކާފައިވެއެވެ.

"އެންމެ ފުރަތަމަ ކަމަކަށް ހިޓްލަރަކީ ރަނގަޅު މީހެއްތޯ ބަލަމާ ހިނގާ. އޭނާއަކީ ދުނިޔޭގައި އުޅުނު އެންމެ ރަނގަޅު މީހާ!، އޭނާ ބުނި ކޮންމެ ބަހަކީ ތެދެއް،" ރެޑްލާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޔަހޫދީންނަށް ކުރިމަތިވި ހަގީގީ ހޮލޯކޯސްޓަކީ ނާޒީން މީހުން މެރުމެއް ނޫން ކަމަށާއި، އެއީ ސެކިއުލަރިޒަމް އާއި ހިއުމަނިޒަމް ކަމަށެވެ.

މި ރެކޯޑިންތަކާ ގުޅިގެން އިސްރާއީލުގެ ތެރޭގައި ފާޑުކިޔުންތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް އަސްކަރީ ތަމްރީނުތަކަށް ޒުވާނުން ތައްޔާރުކޮށްދޭ މިފަދަ މަރުކަޒުތަކުގައި ޓެރަރިޒަމަށް ހިތްވަރުދޭ ޔަހޫދީ ހަރުކަށި ފިކުރު ފަތުރަމުންދާ މިންވަރާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްރާއީލުގެ ދީނީ މުއައްސަސާތަކުން ފަލަސްތީނު މީހުންނާއި ޔަހޫދީން ނޫން މީހުންނާ މެދު ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކާ މެދު ކުރެވޭ ބަހުސްތައް ވަނީ އަލުން ހޫނުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ޔަހޫދީ ޖެނޮސައިޑް ސިފައިންގެ މީހަކު ވަނީ ލުބުނާންގައި ކްރިސްޓިއަނުގެ ފައްޅިއެއްގައި ހުރި ބުދެއް ތަޅާޅާފައެވެ. އެކަމާ މެދު ދުނިޔެއިން ޔަހޫދީންނަށް ފާޑު ކިޔާފައި ވެއެވެ.
އަދި ލުބުނާންގައި އެހެން ކްރިސްޓިއަން ބުދެއްގެ އަނގައިގައި ޔަހޫދީ ސިފައިންގެ މީހަކު ސިގަރެޓް ޖައްސާ މަންޒަރު ފެނުމުން އެކަންވެސް ކުށްވެރިކޮށްފައި ވެއެވެ.
ހިފާފައިޥާ ޤުދުސްގައި ޔަހޫދީންގެ މީހަކު ފަރަންސޭސި ނަސްރާނީ ރާހިބާ އަކަށް ހަމަލަ ދޭ މަންޒަރުގެ ވީޑިއޯއެއް އާންމު ވުމުން އެކަމަށްވެސް ދުނިޔެއިން ފާޑު ކިޔާފައި ވެއެވެ.
ޔަހޫދީންގެ އަމަލުތަކުން ޔަހޫދީންގެ ނުލަފާކަމަކީ ދުނިޔޭގެ ސުލްހައަށް އޮތް ކެންސަރެއް ފަދަ ވަބާއެއްކަން ދަނީ ސާބިތު ވަމުންނެވެ.
އަދި ޤުރުއާންގައި ޔަހޫދީންގެ ނުލަފާކަމުގެ ވާހަކަ ބަޔާންކޮށްފައިވާ ގޮތް ތެދުކަން ދުނިޔެއަށް ދަނީ ސާބިތުވަމުންނެވެ.

ހިއްސާ ކުރައްވާ!