އިސްރާއީލުގެ ސިފައިން ޣައްޒާގެ ބޯޑަރުގައި ހުންނަ ޗެކްޕޮއިންޓަކުން އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިފަހައްޓައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ކަން ހިނގާފައި ނުވާ ފަދަ ސީރއސް ހާދިސާއަކަށް ވާއިރު، މީގެ ސަބަބުން ތަލް އަވީވް އާއި ބައިނަލްއަގުވާމީ އިދާރާއާ ދެމެދު އޮތް ގުޅުން ވަނީ މީގެ ކުރިން ދަށަށް ނުދާ މިންވަރަށް ގޯސްވެފައެވެ.
އިންސާނީ އެހީ ބެހުމުގެ ކަންކަން ބެއްލެވުމަށް ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރި އިންސާނީ އެހީގެ ގާފިލާއެއްގައި މި އިސް އޮފިޝަލް ހިމެނިވަޑައިގަންނަވަނިކޮށް، އިސްރާއީލުގެ ޖެނޮސައިޑްއ ސިފައިއިން ވަނީ އެ ގާފިލާ ހުއްޓުވާފައެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މިއީ "ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުން" ކަމަށެވެ. ނަމަވެސް އދގެ އެތެރޭގެ މަސްދަރުތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ފަރާތްތަކަށް ބިރުދެއްކުމަށް ގަސްދުގައި ކުރި ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ގަޑިތަކެއް ވަންދެން ހިފަހައްޓާފައިވާއިރު، އެކަމުގެ ސަބަބުން ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ވަނީ ވަގުތުން "ރެޑް އެލާޓް" ނެރެފައެވެ. މިއީ ހަމައެކަނި ބޯޑަރުގައި ދިމާވި ލަސްވުމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ޑިޕްލޮމެޓިކް އިމްތިޔާޒުތަކަށް ކުރި ސީދާ ގޮންޖެހުމެއް ކަމަށް މާހިރުން ސިފަކުރެއެވެ.
ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން، އދގެ އިސް އޮފިޝަލުންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވެއެވެ. އެހެންކަމުން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކު ހިފެހެއްޓުމަކީ އެ މުއާހަދާތަކާ ސާފުކޮށް ހިލާފުވުން ކަމަށް ބެލެވެއެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މި ހާދިސާއާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުގެ ރަސްމީ ބްރީފިންއަކަށް އދއިން އެދިދާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން މުޅި އެހީގެ ގާފިލާ ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބުން އުތުރު ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ސީނިއާ ޑިޕްލޮމެޓިކް އެނަލިސްޓަކު ވިދާޅުވި ގޮތުގައި، "މިއީ ތަލް އަވީވްއިން ދުނިޔެއަށް ދިން މެސެޖެއް: އެއްވެސް މީހަކީ، އދގެ އެންމެ މަތީ ފަންތީގެ ބޭފުޅެއް ނަމަވެސް، އަހަރެމެންގެ އަސްކަރީ ކޮންޓްރޯލަށްވުރެ މަތީގައި ހުރި މީހެއް ނޫން."
އދގެ އިސް އޮފިޝަލަކު މި ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމާއެކު، އިސްރާއީލާއި އދއާ ދެމެދު އޮތް ބަހުގެ ހަމަލާތައް މިވަނީ އަމަލީ ކަމަކަށް ބަދަލުވެފައެވެ. މިއީ ސަލާމަތީ ގޮތުން ދިމާވި ވަގުތީ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބެލި ނަމަވެސް، ގިނަ ބަޔަކު ސުވާލު އުފައްދަނީ ހަނގުރާމައިގެ ސަރަހައްދުތަކުގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބުމުގެ ޒަމާން ރަސްމީކޮށް ނިމުމަކަށް އައީތޯއެވެ.



