ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް ކުރި | އެގައުމުގެ ރައީސާ ބައްދަލު ކުރި

ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ޔޫއޭއީއަށް ސިއްރު ދަތުރެއް ކުރި ކަމަށް ބުނާ ވާހަކަ ޔޫއޭއީ އިން ދޮގުކޮށްފި އެވެ. މި ސިއްރު ދަތުރުގެ ވާހަކައާއި ސައްލާ ކުރުމުމާ ބެހޭ ވާހަކަ މީޑިއާގައި ރިޕޯޓް ކުރީ އަލްޖަޒީރާއިންނެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ އެ ދަތުރުކުރި ކަމަށާއި ސައްލާތައް ބެއްވި ކަން ޔަގީން ކޮށްދީފައެވެ. މިއޮތީ އެކަމުގެ ހެއްކެވެ!


އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ސިއްރު ދަތުރެއް ކުރި ކަމަށް އޭނާގެ އޮފީހުން ބުނި ވާހަކަ ޔޫއޭއީ ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

ނަތަންޔާހޫގެ އޮފީހުން ބުދަ ދުވަހު ހާމަކުރި ގޮތުގައި، އީރާނާ ދެކޮޅަށް ކުރި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި އޭނާ ވަނީ ޔޫއޭއީއަށް ސިއްރު ދަތުރެއް ކޮށް، އެ ގައުމުގެ ރައީސް އައްޝައިޚް މުޙައްމަދު ބިން ޒާއިދު އާލަނަހްޔާނާ ބައްދަލު ކޮށްފަފައެވެ. އަދި މިއީ ދެ ގައުމުގެ ގުޅުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ނަތަންޔާހޫގެ އޮފީހުން ވަނީ ސިފަކޮށްފައެވެ.

ނަމަވެސް، ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ނަތަންޔާހޫ ޔޫއޭއީއަށް ޒިޔާރަތް ކުރެއްވި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އަދި އިޒްރޭލުގެ އެއްވެސް އަސްކަރީ ވަފުދެއް ވެސް ޔޫއޭއީއަށް އައިސްފައި ނުވާކަމަށްވެސް ޔޫއޭއީން ވަނީ ބުނެފައެވެ.

މި ޚަބަރު ފެންމަތިވެފައިވަނީ، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ 'އަޔަން ޑޯމް' އެއާ ޑިފެންސް ސިސްޓަމްތަކާއި އެ ތަކެތި އޮޕަރޭޓް ކުރާނެ ސިފައިން ޔޫއޭއީއަށް ފޮނުވި ކަމަށް، އިޒްރޭލުން ބުނުމާ ގުޅިގެންނެވެ.

ޔޫއޭއިއާއި އިސްރާއީލަކީ އަޚުވަންތަ ގާތް ގުޅުމެއް ބާއްވާ ދެ ގައުމެވެ. އަދި ޣައްޒާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިންގި ފަލަސްޠީނުގެ ޖެނޮސައިޑްގައި ޔަހޫދީ ރެޖީމަށް މެދުނުކެނޑި ސަޕްލައި ކޮށްދިން ގައުމެވެ.

ހިއްސާ ކުރައްވާ!