ސޮލީބީ ސަހުޔޫނީ ހަމަލަތައް އީރާނަށް ދޭން ތައްޔާރުވަނީ

އީރާނާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް ހުއްޓުމަކަށް އައި ކަމަށް ބުނެ، ސޮލީބީ އެމެރިކާއާއި ޖެނޮސައިޑް ޔަހޫދީ ރެޖީމުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މި ހަމަލާތައް މި ހަފްތާގައި ނޫނީ އަންނަ ހަފުތާގެ ތެރޭގައި ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މިއީ މިހާތަނަށް އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރިއަށްގެންދާނެ އެންމެ ވަރުގަދަ އަސްކަރީ ތައްޔާރުވުންތަކެވެ. މި އޮޕަރޭޝަނުގެ ދަށުން އީރާނުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ވަނީ ރޭވިފައެވެ.

މި އަސްކަރީ ފިޔަވަޅުތަކުގެ ތެރޭގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗަރަށް ވަރުގަދައަށް ބޮން އެޅުން ހިމެނެއެވެ. މީގެ އިތުރުން، ފާރިސީ ގަލްފުގައި އޮންނަ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މުހިންމު މަރުކަޒެއް ކަމަށްވާ ޚާރްގް ޖަޒީރާ ހިފުމާއި، އީރާނުގެ ނިއުކްލިއާ މާއްދާތައް އަތުލައިގަތުމަށް ކޮމާންޑޯ އޮޕަރޭޝަންތަކެއް ހިންގުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބައެއް އަސްކަރީ ބޯޓުތައް ބެލްގޭރިއާއަށް ފޮނުވާފައެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކު އެ ގައުމުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، "އިސްރާއީލު އޮތީ ވަގުތުން ހަނގުރާމައަކަށް ދާން ތައްޔާރަށް" ކަމަށެވެ. ނަމަވެސް، މިކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ އެމެރިކާގެ ރައީސް އީރާނާއެކު ބާއްވާ މަޝްވަރާތަކާ މެދު ގޮތެއް ނިންމެވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!