އިސްރާއީލް ސިފައިން ހިފާފައިވާ ގުދުސްގެ އިރުމަތީގައިވާ ހަޒްމާ އިން 20 ފަލަސްތީނު މީހުން ހައްޔަރުކޮށްފި

އިސްރާއީލުގެ އިސްތިއުމާރީ ޔަހޫދީ ޖެނޮސައިޑް ބާރުތަކުން ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހިފާފައިވާ ގުދުސްގެ އިރުމަތީގައި އޮންނަ ހަޒްމާ އަވަށަށް ވަދެގަނެ، ގާތްގަނޑަކަށް 20 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފިއެވެ.

ގުދުސް ގަވަރުނަރޭޓުން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލް ޔަހޫދީ ޖެނޮސައިޑް ސިފައިން އެ އަވަށަށް ވަދެގަނެފައިވަނީ އާންމުންގެ ގެދޮރަށް ވަދެ، މުދަލަށް ގެއްލުންދީ އަނިޔާވެރި އަމަލުތައް ހިންގުމަށްފަހުގައެވެ. މި ހަރަކާތަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، އިސްރާއީލުން ވަނީ އެ އަވަށުގެ ވަށައިގެންވާ އަސްކަރީ ޗެކްޕޮއިންޓްތައް ބަންދުކޮށް، އަވަށަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި އަވަށުގެ ބައެއް މަގުތައް ވެލި ބޭނުންކޮށްގެން ބަންދުކޮށް، ރައްޔިތުންނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިންޒާރުގެ ލިޔުންތައް ވެސް ވަނީ އާންމުކޮށްފައެވެ. މިއީ އެ އަވަށުގެ ރައްޔިތުންނަށް ދެމުންދާ ޖަމާއީ އަދަބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ހާލަތާ ގުޅިގެން ފަލަސްތީނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަނުން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެ މިނިސްޓްރީން ބުނީ، އިސްރާއީލް ސިފައިންގެ އުދުވާނުތައް ކުރިއަށްދާތީ، ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތަށްޓަކައި މާދަމާގެ ސްކޫލް ކިޔެވުން މެދުކަނޑާލައި، އިމްތިހާނުތައް ފަސްކޮށްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!