އދގައި ފަލަސްޠީނު މަންދޫބު ޔޫރަޕް ލަދުގަންނަވާލައިފި

ސުމޫދު ފޮޓިލާގައި ދަތުރުކުރި ޔޫރަޕްގެ ގައުމުތަކުގެ އެކްޓިވިސްޓުންނާ މެދު ޔަހޫދީ ޖެނޮސައިޑް ރެޖީމުން ކަން ކުރި ގޮތާއި ޔަހޫދީ ވަޒީރު އެމީހުންނާ ދިމާއަށް ބުނި އިހާނެތި ބަސްތަކާއި ޔަހޫދީންނާ މެދު ދެކޮޅުވެރިކަން ދެއްކި މީހުންނަށް ޖިންސީ ގޯނާ ކުރުންފަދަ މައްސަލަތަކުގައި ޔޫރަޕްގެ މަސްއޫލުވެރިން ރުޅިއައިސްގެން ބަޔާންތައް ދެމުން ދަނިކޮށް ފަލަސްޠީނުން އެމީހުން ލަދު ގަންނަވާލައިފިއެވެ.

އދއަށް ކަނޑައޅާފައިވާ ފަލަސްޠިނުގެ ދާއިމީ މަންދޫބު ވަނީ ސަލާމަތީ މަޖިލީމުގައި ޔޫރަޕަށް އެމީހުންގެ ދެފުށްކެހެރިކަން ހަނދާން ކޮށްދެއްވާފައެވެ!

"ބެން ގްވީރު ތިޔަބޭފުޅުންގެ ރައްޔިތުންނާ މެދު ކަންތައް ކުރި އިހާނެތި ގޮތުގެ ސަބަބުން ތިޔަބޭފުޅުން ކޯފާ އިސްކުރެއްވުން ހައްގު! ނަމަވެސް، އެކަންކަމަކީ އޭނާ އަޅުގަނޑުމެންގެ ރައްޔިތުންނާ މެދު ތާއަބަދު ކަންތައް ކުރާ ގޮތް ކަމަށް ތިޔަ ބޭފުޅުން ވިސްނެވުން މުހިންމު" ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު ވިދާޅުވިއެވެ.

މިއީ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އެކްޓިވިސްޓުންނަށް ކުރި އިހާނެތި ކަންތައްތަކާ ގުޅޭގޮތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު ދެއްވި ބަޔާނެކެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވަނީ ނާޒީންގެ ޒަމާނުގައި ޔަހޫދީންނާ މެދު ޖަރުމަނުން ކަން ކުރި ގޮތުން އިބުރަތް ހާސިލުކުރުމަށް ވިލާތުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ޣައްޒާގެ ހިސާރު ކަނޑާލުމަށް މަސައްކަތްކުރާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެކްޓިވިސްޓުންނަށް އިސްރާއީލުން ނިޒާމީ ސިފައެއްގައި ކުރަމުންދާ ފުރައްސާރައާއި ޖިންސީ އަނިޔާއާއި އިހާނެތިކަމާ މެދު ހުޅަނގުގެ ގައުމުތަކުން ހިމޭނުން ތިބެއްޖެ ނަމަ، ތާރީޚުގެ ހިތްދަތި ފިލާވަޅުތައް ތަކުރާރުވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

ހިއްސާ ކުރައްވާ!