ޕާކސިްތާނުން ކުރިން ކިޔައި އުޅުނު ހިންދީ ނަންތަކަށް ސިޓީތަކުގެ ނަން ބަދަލު ކުރާއިރު އިންޑިއާއިން އިސްލާމީ ނަންތަން ހިންދީ ނަންތަކަށް

ޕާކިސްތާނުން ބައިބައިވުމުގެ ކުރީގެ ނަންތައް އަލުން އިއާދަކުރަނީ؛ އިންޑިއާއިން އިސްލާމީ ޒަމާނުގެ ތަންތަނުގެ ނަންތައް ބަދަލުކުރުން އަވަސްކޮށްފި

 

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ބައެއް އަވަށްތަކާއި މަގުތަކަށް، އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރ މަރްޔަމް ނަވާޒް ޝަރީފް ވަނީ ކުރިން، ބައިބައިވުމުގެ ކުރިންނާއި އިސްލާމީ ދައުރުގެ ކުރިން ކިޔައިއުޅުނު ބޯދާ ހިންދީ ނަންތައް އަލުން އިއާދަކުރަން ފަށައިފިއެވެ.

އޮފިޝަލުން ސިފަކުރައްވާ ގޮތުގައި މިއީ އެ ސަރަހައްދުގެ ތަފާތު ސަގާފަތްތައް އެކުލެވިގެންވާ މާޒީ އަލުން ދިރުވައި އިއާދަ ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ނިންމުމަށް މުޅި ދެކުނު އޭޝިއާގެ ސަމާލުކަން ހުއްޓިފައި ވެއެވެ. އެއީ، އިންޑިއާއިން އިސްލާމީ ވެރިކަމުގައި މުސްލިމުން ބިނާ ކުރި ސިޓީތަކާއި އިމާރާތް ކުރި މިއުމާރުތަކާއި، މަގުތަކާއި ބިނާތަކުގެ ނަންތައް ގުޅުމެއް ނެތް ހިންދޫ ނަން ނަމަށް ބަދަލުކުރަމުން ދިއުމާ ގުޅިގެންނެވެ.

ޕަންޖާބުގައި ޕާކިސްތާނުން އިއާދަކުރި ނަންތައް

1947 ވަނަ އަހަރަށްފަހު ބަދަލު  ކޮށްފައިވާ ތާރީޚީ ބައެއް ނަންތައް ޕަންޖާބްގައި އަލުން އިއާދަކުރުމަށް ޕަންޖާބު ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކަކީ:

  • އިސްލާމްޕޫރާ → ގެ ނަން………. ކްރިޝަން ނަގަރު
  • ސާންތު ނަގަރު (ކުރީގެ ނަމަށް އިއާދަކުރެވިފައި)
  • ޖެއިން މަންދިރު ޗޯކް (އިއާދަކުރެވިފައި)
  • ދަރަމްޕޫރާ (އިއާދަކުރެވިފައި)

ލާހޯރުގެ އެކި ސަރަހައްދުތަކުގައި ހުރި ހިންދޫ، ސިކް އަދި ޖެއިން އަސްލުތަކަށް ނިސްބަތްވާ އެހެނިހެން ނަންތައް ވެސް އިއާދަކުރުމަށް މަސައްކަތް ވަނީ ފަށާފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅަކީ ސިޓީގެ ބައިބައިވުމުގެ ކުރީގެ އައިޑެންޓިޓީއާއި، އެތައް އަހަރެއް ވަންދެން ރައްޔިތުން ނުރަސްމީކޮށް ބޭނުންކުރަމުން އައި ނަންތައް ބަލައިގަތުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ލާހޯރުގެ ހެރިޓޭޖް ގްރޫޕްތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވަނީ، އެ ސަރަހައްދުގެ ތަފާތު ދީންތަކާއި ސަގާފަތްތައް އެކުލެވޭ ތާރީޚަށް ދެވުނު ހައްގު އިހުތިރާމެއްގެ ގޮތުގައެވެ.

އިންޑިއާ ދަނީ އިދިކޮޅު މިސްރާބަކަށް

ޕާކިސްތާނުން އިސްލާމީ ނޫން ހިންދީ އަދި ސިކުންގެ ނަންތައް އިއާދަކުރަމުންދާއިރު، އިންޑިއާއިން ދަނީ އިސްލާމީ ވެރިކަމުގައި މުސްލިމުން ބިނާ ކުރި ސިޓީތަކާއި މިއުމާރުތަކުގެ ނަންތައް މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބާރުމިނެއްގައި ބަދަލުކޮށް އެތަންތަނުގެ އައިޑެންޓިޓީ ގެއްލުވާލަމުންނެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި، ހަރުކަށި ބީޖޭޕީއަށް ބާރު ލިބުމުން ސްޓޭޓް ސަރުކާރުތަކާއި ލޯކަލް ސަރުކާރުތަކުން އަދި ވަކިން ޚާއްޞަކޮށް ބީ.ޖޭ.ޕީން ވެރިކަންކުރާ ސަރަހައްދުތަކުގައި ނަންތައް ވަނީ މުޣަލް އަދި ކުރީގެ މުސްލިމު ސުލްޠާނުންގެ ވެރިކަމުގެ ދައުރާ ގުޅުންހުރި ސިޓީތަކާއި، މަގުތަކާއި، ރޭލު ސްޓޭޝަންތަކާއި އާންމު ތަންތަނުގެ ނަންތައް ބަދަލުކޮށްފައެވެ. މިމީހުންނަށް ބަދަލު ނުކުރެވޭ ނަމެއް ކިޔާ ތަނެއް ނަމަ އެތަނެއްގެ ނަން ޚަބާރު ކޮށްލުމަށް ބުނަނީ އެތާނގެ އަޑީގައި ކޮންމެވެސް ބުދު ފައްޅި އެއް ނުވަތަ ބުރެއް ފޮރުވިފައިވާ ކަމަށެވެ.

ބީޖޭޕީގެ ފާހަގަކޮށްލެވޭ މިސާލުތަކުގެ ތެރޭގައި:

  • އައްލާހުއާބާދު → ޕްރަޔާގްރާޖްއަށް ބަދަލު ކުރުން
  • ފައިޒްއާބާދު → އަޔޯދިއާ އަށް
  • މުޣަލް ސަރާއީ → ދީން ދަޔާލް އުޕަދްޔާޔާ ނަގަރު
  • އޯރަންގްޒޭބް ރޯޑް (ދިއްލީ) → އޭ.ޕީ.ޖޭ. އަބްދުލް ކަލާމް ރޯޑް
  • ހުމާޔޫންޕޫރު (ދިއްލީ) → ހޭމޫ ކޮލޮނީ (ނަން ބަދަލު ކުރުމަށް ހުށަހެޅިފައި)
  • އާގްރާގެ ތާޖް މަހަލްގެ ނަން ބަދަލުކުރުމަށް އެތަނުގެ "ހިންދޫ އަސްލާ" ބެހޭގޮތުން ބަހުސް ކުރަމުންދޭ
  • ގިޔާންވާޕީ އަދި ޝާހީ އީދުގާހް ފަދަ މިސްކިތްތައް ފައްޅިތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދޭ

ތާރީޚު އިލްމުވެރިން ފާހަގަކުރާ ގޮތުގައި މި ބަދަލުތަކުގެ ފަހަތުގައިވަނީ، ސަބްކޮންޓިނެންޓްގެ ތާރީޚުގައި އިސްލާމީ ހިއްސާ އުނިކޮށް ކުޑަކޮށް، ހިންދޫ ތަހުޒީބީ އައިޑެންޓިޓީ އިސްކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތަކެކެވެ.

ދެ އަވަށްޓެރިން، ދެ ތަފާތު މިސްރާބެއް

މި ދެ ގައުމުގެ ތަފާތު އުސޫލުތަކުން ހާމަވަނީ ޕާކިސްތާނާއި އިންޑިއާއިން އާންމު ތާރީޚީ ހަނދާންތައް ބައްޓަންކުރަމުންދަނީ ދެކޮޅު މިސްރާބަކަށް ކަމެވެ:

  • ޕާކިސްތާނުން ހިންދޫ، ސިކް އަދި ޖެއިން ނަންތައް ހޮވާލައިގެން އިއާދަކުރަމުންދަނީ ތާރީޚީ ތަރުކާ ރައްކާތެރިކުރުމާއި ތަފާތު ސަގާފަތްތައް ބަލައިގަންނަކަން ހާމަކުރުމަށެވެ.
  • އިންޑިއާއިން އިސްލާމީ ޒަމާނުގެ ނަންތައް ހިންދޫ ނަންތަކަށް ބަދަލުކުރަމުންދަނީ، އެއީ ސަގާފީ ގޮތުން ހޯދޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި މި ދެ މަރުހަލާއަކީވެސް ސިޔާސީ ކަންކަމެވެ. މިއީ އައިޑެންޓިޓީއާއި، ގައުމީވަންތަކަމާއި، ތާރީޚީ މިލްކުވެރިކަމާ މެދު ކޮންމެ ގައުމެއްގެ އެތެރޭގައި ކުރެވޭ ބަހުސްތައް ރަމްޒުކޮށްދޭ ކަމެކެވެ.

ސަގާފީ ތާރީޚު އިލްމުވެރިން ދެކޭގޮތުގައި ނަން ދިނުމަކީ ދުވަހަކުވެސް ވަކި ފަރާތަކަށް ނުޖެހި އޮންނަ ކަމެއް ނޫނެވެ. އެއީ މުޖުތަމައުތަކުން އެމީހުންގެ މާޒީ ހަނދާންކުރާ ގޮތާއި މުސްތަގުބަލު ތަސައްވަރުކުރާ ގޮތް ބައްޓަންކުރާ ކަމެކެވެ.

ޕާކިސްތާނުން ބައިބައިވުމުގެ ކުރީގެ ނަންތައް އިއާދަކުރުމަށް ނިންމި ނިންމުމަކީ އެންމެން ބައިވެރިކުރުމުގެ ރަމްޒީ އަމަލެއްގެ ގޮތުގައި މާނަކުރެވެއެވެ.

އަނެއްކޮޅުން، އިންޑިއާގެ ނަން ބަދަލުކުރުމުގެ ރާޅަކީ ހިންދީ އައިޑެންޓިޓީ އަލުން މާނަކުރުމަށް ހިންގޭ ފުޅާ ފިކުރީ މަޝްރޫއެއްގެ ބައެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ.

ދެޤައުމުންވެސް އެޤައުމުތަކުގެ އާންމު މާޙައުލު އަލުން ބައްޓަންކުރަމުންދާއިރު، ތަންތަނަށް ނަންދިނުމުގެ ސިޔާސަތަކީ ދެކުނު އޭޝިއާގެ ތާރީޚާއި، ހަނދާންތަކާއި އަދި ވަޒަންވެރިކަމާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ އައު މައިދާނެއްގެ ގޮތުގައި ދަނީ ފާހަގަކުރެވެމުންނެވެ.

ހިއްސާ ކުރައްވާ!