މޮބައިލް ފޯނުތަކަށް ޖާސޫސްކޮށްގެން 7 އޮކްޓޯބަރުގައި ބައިވެރިވި ފަލަސްޠީނު މީހުން ހޯދައި މަރާލަން ތައްޔާރުވަނީ

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު  ފަލަސްޠީނު މިނިވަން ކުރުމަށް ފެށި އަޤްސާ ޠޫފާންގައި ބައިވެރިވި ފަލަސްޠީނުގެ އެތައް ހާސް ބައެއްގެ ނަން ހިމެނޭ "ކިލް އޯ ކެޕްޗަރ" މާނައަކީ މަރާލަން ވީ ނޫނީ ހިފައި ހައްޔަރުކުރަންވީ މީހުންގެ ލިސްޓެއް ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ އަސްކަރީ އިންޓެލިޖެންސާއި ޝިން ބެޓް ސެކިއުރިޓީ ސާވިސްއިން ވަނީ އެކުލަވާލާފައެވެ.

މި އޮޕަރޭޝަނަކީ ފަލަސްޠީނު މީހުންގެ އަމިއްލަ މޮބައިލް ފޯނުތަކަށް ވަދެ ޖާސޫސް ކޮށްގެންނާއި މުއާސަލާތީ މައުލޫމާތުތައް ވަގަށް ނަގައިގެންނާއި، ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްގެން ހިންގާ ވަރަށް ފުޅާ ސަވައިލަންސް ކެމްޕޭނެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި ލިސްޓުގައި މީހެއްގެ ނަން ހިމެނުމަށް ބޭނުންވަނީ އެމީހަކު އެ ސަރަހައްދުގައި ހުރިކަން އަންގައިދޭ އެންމެ ދެ ޑިޖިޓަލް ހެއްކެވެ.

މި ބޮޑު އޮޕަރޭޝަން ހިންގުމުގައި އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އެހީތެރިކަން ޔަހޫދީ ޖެނޮސައިޑް ރެޖީމަށް ލިބޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް ޑޭޓާ މައިނިންގ ސޮފްޓްވެއާ އުފައްދާ ޕަލަންޓިއާ އާއި، ކްލައުޑް ކޮމްޕިއުޓިންގގެ ޚިދުމަތްދޭ މައިކްރޯސޮފްޓް އިން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވެއެވެ.

މި ކުންފުނިތަކުން ފޯރުކޮށްދޭ ޓެކްނޮލޮޖީގެ އެހީގައި ފަލަސްޠީނު މީހުންގެ އަމިއްލަ ފޮޓޯތަކާއި، ސޯޝަލް މީޑިއާ ފީޑްތަކާއި، ފޯނު ކޯލްތައް ފުރޭނުމަށްފަހު މީހުން ދެނެގަނެ، އެމީހުން މަރާލުމަށް ބޭނުންވާ މައުލޫމާތު ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހޯދައެވެ. މިއީ އެއްވެސް ޝަރީއަތަކާ ނުލައި މީހުން މަރާލުމަށް ހިންގާ އޮޓޮމޭޓެޑް ނިޒާމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި މައްސަލައާ ގުޅިގެން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ޖަންގަލީ އަމަލުތަކަށް ސަމާލުކަން ވަނީ ހުއްޓިފައެވެ.

ހިއްސާ ކުރައްވާ!