އެމެރިކާގެ ތެޔޮ އިންޑިއާއަށް ވިއްކުމަށް ހުށަހަޅައިފި އަދި މޯދީއަށް ވައިޓް ހައުސްއަށް ދައުވަތު އަރުވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ސަލާމަތީ ކަންކަމާއި ވިޔަފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ރޫބިއޯ ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ބޮޑުވަޒީރު މޯދީއަށް ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމުގެ ރަސްމީ ދައުވަތެއް އަރުވާފައެވެ.

ރޫބިއޯ އިންޑިއާއަށް ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅަކީ އީރާނުގެ ހަނގުރާމައާ ގުޅިގެން ހަކަތައާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި އެމެރިކާގެ މަންދޫބު ސާޖިއޯ ގޯރް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ތެޔޮ އިންޑިއާއަށް ވިއްކުމަށް ހުށަހަޅާފައި ވެއެވެ. މީގެ މަގްސަދަކީ އިންޑިއާއިން ރަޝިޔާއިން އިތުރު ތެޔޮ ގަނެފާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ލަފާ ކުރެވެއެވެ.

އެމެރިކާއިން ފާރިސީ ކަނޑު އޮޅީގައި ހިންގާ އުދުވާނުގެ ސަބަބުން ހުރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު އޮތުމުން، އިންޑިއާއިން އެމެރިކާގެ ތެޔޮ ގަތުމަށް ރޫބިއޯ ވަނީ ހުށަހަޅުއްވާފައެވެ. "ދުނިޔޭގެ ހަކަތައިގެ ބާޒާރު ރަހީނުކުރުމުގެ ފުރުސަތު އެމެރިކާއިން އީރާނަކަށް ނުދޭނެ،" ކަމަށް ވިދާޅުވެ ރޫބިއޯ ވަނީ ބައިސާ ކަނޑާފައެވެ. އިންޑިއާއަކީ އެގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 80 އިންސައްތަ އިމްޕޯޓްކުރާ ގައުމެކެވެ. އެމެރިކާގެ ތެޔޮ ލިބުމަކީ އިންޑިއާއަށް ލިބޭނެ މޮޅެއް ކަމުގައެއް ނުބެލެވެއެވެ.

ބޮޑުވަޒީރު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރަހައްދީ އަދި ދުނިޔޭގެ ސުލްހައާއި ސަލާމަތާ ގުޅޭ ކަންކަމުގައި ދެ ވެރިން ގެ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ ތެރޭގައި އީރާނުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. "އިންޑިއާ އާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދުނިޔޭގެ ލާބައަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ،" މޯދީ ވިދާޅުވިއެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ އައު ބުރެއް ފެށޭތޯ މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ދަނީ ނުސީދާކޮށް ހުރުމުޒު ބަންދުކުރުމަށް ހިތްވަރުދީ އެމެރިކާއަކީ ތެލުގެ މުހިންމު މަސްދަރަކަށް ވެގެން އެކަމުގެ އިގްތިސާދީ ފައިދާ ނަގައިގެން އިގްތިސާދު ކޮއްޅަށް ޖަހާށެވެ.

ހިއްސާ ކުރައްވާ!