ޓްރަމްޕާއި އާއިލާއާ ދެކޮޅަށް ދުވަހަކުވެސް ދައުވާ ނުކުރެވޭ ގޮތަށް ހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އަމިއްލަ ނަފްސަށާއި، އާއިލާގެ މެންބަރުންނަށް އަދި އޭނާގެ ކުންފުނިތަކަށް މާލީ އަދި ޓެކްސްއާ ގުޅުންހުރި އެންމެހާ މައްސަލަތަކުން ދާއިމީ ގޮތަކަށް ގާނޫނީ ރައްކާތެރިކަން ދީފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން، މިހާރު ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިމަގުގައި ހިނގާފާނެ ކަމަށް ބެލެވޭ މައްސަލަތަކުން ވެސް މި ފަރާތްތައް ވަނީ ބަރީއަވާ ގޮތަށް ޓްރަމްޕް ވަނީ ނިންމާފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޓްރަމްޕާއި އޭނާގެ އާއިލާ ނުވަތަ ކުންފުނިތަކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ގޮތަށް ގަރާރެއް ޝާއިއުކޮށްފައެވެ. ނިއުޔޯކް ޓައިމްސްގެ ކޮލަމިސްޓް ޖެފްރީ ޓޯބިން ފާހަގަކުރެއްވި ގޮތުގައި، މި ލިޔުމުގެ ނުރައްކާތެރިކަމަކީ ހަމައެކަނި މިހާރު ހުރި މައްސަލަތައް ހުއްޓުމެއް ނޫނެވެ. އޭގެ ބަދަލުގައި، މުސްތަގުބަލުގައި އަންނަ ސަރުކާރަކަށް ވެސް، ޓްރަމްޕްގެ އާއިލާގެ މެމްބަރަކާ ދެކޮޅަށް މާލީ ނުވަތަ ޓެކްސްގެ މައްސަލައެއްގައި ގާނޫނީ ފިޔަވަޅެއް އެޅުން މިއިން މަނާވާނެއެވެ،

ޤާނޫނަށްވުރެ މަތީގައި އޮތް އާއިލާއެއް؟

ޓޯބިން އިތުރަށް ވިދާޅުވީ، މީގެ ސަބަބުން ޓްރަމްޕްގެ އާއިލާއަކީ އެހެން އެމެރިކާ ރައްޔިތުން ތަބާވާން ޖެހޭ ގާނޫނަށް ވުރެން މަތީގައި ތުބި ބައެއް ކަމަށާއި އެމީހުންނަށް ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބައެއް ކަމަށެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކާއި އޭނާގެ އާއިލާއަށް ލިބިދޭ ރައްކާތެރިކަން މިހާ ބޮޑަށް ފުޅާކުރި ފުރަތަމަ ފަހަރެވެ.

މި ފިޔަވަޅަކީ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް މެދުވެރިކޮށް ނިންމާފައިވާ ނިންމުމެކެވެ. މިއީ އާންމުކޮށް ރައީސުން ދެއްވާ މާފު ދިނުމުގެ އިމުގެ ބޭރުން، މާލީ އަދި ޓެކްސްގެ ތަހުގީގުތަކުން ކުރިއާލާ ރައްކާތެރިކަން ހޯދުމަށް ޓްރަމްޕް އެޅި ފިޔަވަޅެކެވެ. އޭނާގެ އާއިލާއަކީ ސިޔާސީ ނުފޫޒުން އަރަބި ޝެއިޚުންނާއި އަރަބި ޒަޔަނިސްޓުން މެދުވެރިކޮށް މާލީ މުއާމަލާތް ހިންގައި ފައިދާ ލިބިގަންނަ ބައެއް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މި ނިންމުން އައިސްފައިވަނީ ޓްރަމްޕާއި އެމެރިކާގެ އިންޓާނަލް ރެވެނިއު ސާވިސް އާ ދެމެދު ހޯމަ ދުވަހު އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ. އެ އެއްބަސްވުމުގެ ދަށުން، ޓްރަމްޕްގެ ޓެކްސް ރިޕޯޓްތައް ލީކުވި މައްސަލައިގައި 10 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް އޭނާ ކުރި ދައުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!