ޓްރަމްޕްގެ އަސްލު ސިފައާއި މަގްސަދު ހާމަވާން ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ އަވަށްޓެރި ގައުމުތަކާއި ޕާކިސްތާނުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުގެ އިބްރާހީމީ މުއާހަދާގެ އެއްބަސްވުމުގައި ބައިވެރިވުމަށް ހޯމަ ދުވަހު ފިއްތަން ފަށައިފިއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގެ ނަތީޖާއަކަށް ވާނީ އެންމެންނަށް ފައިދާހުރި ބޮޑު އެއްބަސްވުމެއް ގާއިމުވުން ނުވަތަ އެއްވެސް އެއްބަސްވުމެއް ނުވުމެވެ. އަދި މިކަން ނާކާމިޔާބުވެއްޖެނަމަ، ކުރިއަށްވުރެ ވަރުގަދަ ހަނގުރާމައެއްގެ ތެރެއަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ދެއްވަމުން، ސަރަހައްދީ ގައުމުތައް ބިރު ގަންނަވާލަމުން ޓްރަމްޕް ވަނީ އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް އެންގުން

ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު، އުރުދުން އަދި ބަހްރޭންގެ އިސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާއެކު، މި ހުރިހާ ގައުމުތަކަކުން އެއްފަހަރާ ކަހަލަ ގޮތަކަށް ޔަހޫދީ ރެޖީމަށް ފައިދާ ވާ ގޮތަށް އެކުލަވާލާފައިވާ އިބްރާހީ މުއާހަދާގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

މިހާރުވެސް ޔޫއޭއީ އާއި ބަހްރޭން މި އެއްބަސްވުމުގައި އޮތްކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި ގަތަރުން ވަގުތުން މި އެއްބަސްވުމުގައި ސޮއިކުރަން ޖެހޭ ކަމަށެވެ. އަދި އެނޫން ގޮތެއއް އެގޮައުމުތަކަށް ނޯންނާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމައްޗަށް ފާއިތުވި 5،000 އަހަރު ތެރޭގައި ނުލިބޭ ފަދަ ބާރާއި، ނުފޫޒާއި ސުލްހަ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިރާނު އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުސަތު

ޓްރަމްޕް އިތުރަށް ވިދާޅުވީ، އިރާނުން އޭނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ، އިރާނުވެސް މި ބައިނަލްއަގުވާމީ އިއްތިހާދުގައި ބައިވެރިވުމަކީ ލިބޭނެ ޝަރަފެއް ކަމަށެވެ. "މި އެއްބަސްވުމަކީ މި ގައުމުތަކުން ސޮއިކުރާނެ އެންމެ މުހިންމު އެއްބަސްވުމަށް ވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މި މަސައްކަތްތައް އަވަސްކުރުމަށްޓަކައި ޓްރަމްޕް ވަނީ އެނާގެ މަންދޫބުންނަށް، މި ގައުމުތައް  އިބްރާހީމީ މުއާހަދާގައި ބައިވެރިކުރުމުގެ ކަންކަން ވަގުތުން ފެށުމަށް އަންގަވާފައެވެ. މީގެ ސަބަބުން މެދުއިރުމައްޗަކީ އެކަތިގަނޑަކަށްވެ، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ސަރަހައްދަކަށް ވާނެ ކަމަށް ޓްރަމްޕް އުންމީދު ކުރައްވައެވެ.

މ ި މުއާހަދާއަޖކީ ޔަހޫދީންނަށް ފައިދާ ބޮޑު އަދި އެއިން ޓްރަމްޕް އާއިލާއަށް ބޮޑެތި ވިޔަފާރިތައް ލިބޭ މުއާހަދާއެކެވެ.

ހިއްސާ ކުރައްވާ!