ޓްރަމްޕްގެ ޕްރެޝަރަށް ދީލާލައިގެން ސައޫދީން އިސްރާއީލާއެކު އެއްބަސްވުމެއް ހަދާފާނެބާ؟

އެމެރިކާގެ ރައީސް ސައޫދީ އަރަބްއަށް އިބްރާހީމީ މުއާހަދާގައި ބައިވެރިވެ ޔަހޫދީ ޖެނޮސައިޑް ރެޖީމާ ގާތް ވުމަށް މަޖުބުރު ކުރަން ފެށުމުން ސައުދީން އެމެރިކާއަށް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދީފައިވާނެ ކަމަށް ސައޫދީ މަސްއޫލުވެރިއަކު ހާމަކުރައްވައިފިއެވެ.

ސައޫދީގެ މަސްދަރަކުން ސީއެންއެންއަށް މައުލުމާތު ދެމުން ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށްޓަކައި އެނބުރި ރުޖޫއަނުވެވޭނެ ފަދަ ސާފު މަގުޗާޓެއް ކަނޑައެޅުމުން ނޫނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމު ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން އެމެރިކާއަށް އަންގާފައި ވާނެ ކަމަށެވެ. މިއީ މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލު ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި ސައުދީން ދިން ރައްދެކެވެ.

މިވާހަކައިގެ އޮތް ނުރައްކަލަކީ، މިފަދަ މަގުޗާޓްތައް މީގެ ކުރިން އެތައް ފަހަރަކު ވާހަކަ ދައްކައި އެއްބަސްވެފައި ވާއިރު އާންމު ޔަހޫދީ އުސޫލުން ކޮންމެ އެއްބަސްވުމަކަށްވެސް ބަދަލު ގެނަސް ދިގު ދަންމައި ފަހުން އެ އެއްބަސްވުން އުވާލާފައިވާ ކަމެވެ. މީގެ ކުރިން ވައިޓްހައުސްގައި އަރަފާތާއި ރަބީން ކްލިންޓަންގެ ހާޒިރުގައި ސޮއިކޮށް ފަލަސްޠީނުގެ ޒާތީ ވެރިކަން ކުރާ އިދާރާ އުފެއްދުމުން އިސްރާއީލުން ވަނީ ފަލަސްޠީނުގެ ޣައްޒާގެ އަރަފާތު އިންތަރނޭޝަނަލް އެއާޕޯޓަށް ބޮން އަޅައ އެތަން ހަލާކުކޮށްލައި ވިހަދީގެން އަރަފާތު ޝަހީދުކޮށްލައި ރަބީންގެ ގަޔަށް ބަޑި ޖަހައި އޭނާ މަރާލާފައެވެ. އެކަން ކުރި ބެންގްވީރަކީ މިހާރު މިނިސްޓަރެކެވެ. އެ އެއްބަސްވުމަށްފަހު އެކުލަވާލި އޮސްލޯ މުއާހަދާ 1 އަށް ބަދަލު ގެނަސް ޔަހޫދީން ބާރުއަލައިގެން އޮސްލޯ މުއާހަދާ 2 އެކުލަވާލި އެވެ. މިހާރު އެ މުއާހަދާ ވީތަނެއްވެސް ނޭނގެއެވެ. އަދި އެންމެ ފަހުން ޓްރަމްޕް ޣައްޒާގެ ބިންތއް ފޭރިގަނެ ރިވޭރާ ހެދުމަށް ބޭނުން ވެގެން ފަލަސްޠީނުގެ ޖެނޮސައިޑް ހުއްޓުވުމުގެ ނަމުގައި އަރަބިންނާއި މުސްލިމުން ގުޅިގެން ޝަރަމުއްޝައިޚުގައި ބޭއްވި ސުލްހައިގެ ސަމިޓަށް ފަހު ޔަހޫދީން ދަނީ އަދިުވެސް ކޮންމެ ދުވަހަކު ފަލަސްޠީނު މީހުން މަރަމުންނެވެ. ހުއްޓުވީ ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ހަމަލާތަކެވެ. ޔަހޫދީންގެ ޖެނޮސައިޑް ހަމަލާތަކެއް ނޫނެވެ!

މިފަދަ މަގުޗާޓަކަށް ސައުދީން ދީލާލައިފިނަމަ ފަލަސްޠީނު ވުޖޫދުން ފޮހެވޭނެއެވެ. މިހާރުވެސް ޔޫއޭއީއާއި ބަހުރައިން އަކީ އިސްރާލަށް ޖެނޮސައިޑްގައިވެސް ވާގިވެރިވާ ދެ ގައުމެވެ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވުމާއެކު މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލު ބަލައިގަތުމަކީ މަޖުބޫރު ކަމަކަށް ވާނެ ކަން އަރަބިންނަށް އަންގާފައެވެ.އ ަދި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް އޭނާގެ މަސްއޫލުވެރިްނަށް އަންގާފައެވެ.

ނަމަވެސް ސައުދީގެ މަސްދަރުން ބުނެފައިވަނީ އެ ގައުމުގެ އުސޫލީ ނިންމުމަކީ ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ ކަމެއްކަން ކަށަވަރުވުން ކަމަށެވެ.

ސައޫދީން މިހެން ބުނާއިރު ތްރަމްޕްގެ ދަނބި ދަރިއާއެކު އޮންނަ ގުޅުމާއެކު ޔަހޫދީ ޖެނޮސައިޑް ރެޖީމާއެކު ސައޫދީން ފައިސާގެ މުއާމަލާތް، ޔައުނީ އިންވެސްޓްމެންތްގެ ގުޅުމެއްވެސް ބާއްވައެވެ!

ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުމުން، މެދުއިރުމަތީގެ ގައުމުތަކުން އިބްރާހީމީ މުއާހަދާގައި ސޮއިކުރުމަށް އެގައުމުތަކަށް އޭނާ ލާޒިމުކުރައްވާނެ ކަމަށެވެ. އަދި މިކަމަށް އެއްބަސްނުވާ ފަރާތްތަކާ މެދު މީގެ ކުރިން ދުވަހަކުވެސް ބޭނުންނުކުރާ ފަދަ ވަރުގަދަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

މިދިޔަ ނޮވެމްބަރު މަހު ސައުދީގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، އިބްރާހީމީ މުއާހަދާގައި ބައިވެރިވުމަށް ޓްރަމްޕް އެދިވަޑައިގަތުމުން، ވަލީއަހުދު ވަނީ އެކަމަށް ސީދާ އާނބަަސް ވިދާޅުވުމަށް އިންކާރު ކުރައްވާފައެވެ. ވަލީއަހުދު ވިދާޅުވީ "އަޅުގަނޑުމެން ބޭނުންވަނީ އިބްރާހީމީ މުއާހަދާގެ ބައެއްގެ ގޮތުގައި ހިމެނެން. ނަމަވެސް އޭގެ ކުރިން ދެ ދައުލަތުގެ ހައްލަށް ދެވޭނެ މަގު ސާފުކޮށް ކުރެހިފައި އޮތްކަން ކަށަވަރުކުރަން ބޭނުންވޭ" މިފަދައިންނެވެ.

މި މައްސަލައިގައި ޓްރަމްޕާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރައްވަމުން، ވަލީއަހުދު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މި ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ އެކަށީގެންވާ މާހައުލެއް ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ސައުދީން މަސައްކަތް ކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!