ފަރަންސޭސިންނަށް އަޅުން ގެންގުޅުން ގާނޫނުން ހުއްދަ ކޮށްފައި ވަނީ ކިހިނެއް؟

341 އަހަރަށްފަހު ފަރަންސޭސިބންނަށް އަޅުން ގެންގުޅުން ހުއްދަ ކޮށް ފާސްކޮށްފައިވާ ގާނޫނު އުވާލުމަށް މަސައްކަތް ފަށައިފިއެވެ. ފަރަންސޭސިވިލާތުގެ އިސްތިއުމާރީ ތާރީޚުގެ އެންމެ އަނދިރި އެއް ސަފުހާ ކަމަށްވާ، އިންސާނުން އަޅުދާސްކުރާ ގާނޫނު "ބްލެކް ކޯޑް" ނުވަތަ "ކޯޑް ނޮއާ" ރަސްމީކޮށް އުވާލުމަށް އެ ގައުމުގެ ޕާލަމެންޓުން ތައްޔާރުވާން ފަށައިފިއެވެ. މިއީ 17 ވަނަ ގަރުނުން ފެށިގެން ފަރަންސޭސިންގެ އިސްތިއުމާރީ ރަށްތަކުގައި އިންސާނުން އަޅުދާސްކުރުމަށް ގާނޫނީ ގޮތުން ހުއްދަ ކުރާ ގާނޫނެވެ.

ތާރީޚީ ފަސްމަންޒަރު

އެމެރިކާގެ ތާރީޚު އިލްމުވެރިއެއް ކަމަށްވާ އެންޑްރޫ އެސް ކޯރަން ނިއުޔޯކް ޓައިމްސްގައި ލިޔުއްވާފައިވާ ގޮތުގައި، މި ގާނޫނަކީ 1685 ވަނަ އަހަރު ރަސްގެފާނު ލުއީ 14 ވަނަގެ އަމުރުފުޅަށް އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ މައިގަނޑު ބޭނުމަކީ ކެރީބިއަންގެ ޖަޒީރާތައް ފަދަ ފަރަންސޭސި އިސްތިއުމާރީ ސަރަހައްދުތަކުގައި އިންސާނުން އަޅުދާސް ކުރުމެވެ. 1848 ވަނަ އަހަރު ފަރަންސޭސިވިލާތުން އަޅުދާސްކުރުން ހުއްޓާލި ނަމަވެސް، މި ގާނޫނު ރަސްމީކޮށް އުވާލާފައި ނުވާކަން ގިނަ ބަޔަކަށް އެނގިފައެއް ނުވެއެވެ.

މި މައްސަލަ އަލުން ފެންމަތިވީ 2025 ވަނަ އަހަރު ޕާލަމެންޓް މެންބަރަކު ބޮޑުވަޒީރު ފްރާންސުއާ ބައިރޫއާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އެއާއެކު ގޯޑްލޫޕްގެ މެންބަރު މެކްސް މަތިއަސިން ހުށަހެޅުއްވި ބިލަށް ސަރުކާރުން ވަނީ ތާއީދު ދީފައެވެ. މިއީ މި ގާނޫނު ފާސްކުރިތާ 341 އަހަރު ފަހުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

ދީނާއި އިސްތިއުމާރުގެ ގުޅުން

ކޯރަން ފާހަގަކުރެއްވި ގޮތުގައި މި ގާނޫނަކީ ހަމައެކަނި އަފްރިކާގެ ކަޅު ދަރިކޮޅުގެ މީހުންނަކީ އަޅުދާސްކޮށް ގެންގުޅޭ ވާރުތަވާ މުދަލަކަށް ހެދުމަށް ކަނޑައެޅި ގާނޫނެއް ނޫނެވެ. މީގެ އިތުރުން މިއީ އޭރުގެ ފަރަންސޭސި ދައުލަތުން ދީނާއި، އިސްތިއުމާރު އަދި އިގްތިސާދު އެއްކޮށްލާފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. މި ގާނޫނުގެ ދަށުން ކަނޑީގެ ބާރުން އަޅުންނަށް ނަސާރާ ދީނަށް ވަނުމަށް މަޖުބޫރުކޮށް، އެމީހުންގެ އަމިއްލަ ސަގާފަތާއި ދީނީ ކަންކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވެއެވެ.

ފަރަންސޭސިވިލާތަކީ ދޮން މީހާއަށް މިނިވަންކަމާއި ހަމަހަމަކަމުގެ ގައުމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރާ ގައުމެކެވެ. ނަމަވެސް، ތާރީޚީ ގޮތުން އިންސާނީ ކަރާމާތަށް އުނިކަން އަންނަ ބޮޑެތި ޖަރީމާތައް ހިންގައި އެކަން މަތިޖަހަން މަސައްކަތް ކުޜާ ގައުމެކެވެ. އަލްޖަޒާއިރުގައި އެތައް މިލިއަނ ްމީހުން ޝަހީދު ކުރުމާއި ޖެނޮސައިޑް އިސްރާއީލާ ގުިޅިގެން އަލްޖަޒާއިރުގެ މުސްލިމުން ނިއުކްލިއާ ރޭޑިއަން ދީގެން ޓެސްޓް ކުރުން ފަދަ އިންސާނީ ހައްގާ ޚިލާފް ބޮޑެތި ކަންކަން ފްރާނުން ކޮށްފައި ވެއެވެ.

މިއީ ފްރާންސުން އެކަނި ކަން ކުރި ގޮތެއް ނޫނެވެ.

ްފރާންސްގެ ނަޕޯލިއަން ބޮނަޕާޓް ވަނީ އަލުން އަޅުވެތިކަން އިއާދަކުކޯށްފައެވެ. ހައިޓީގެ އިންގިލާބުގައި މަރުވި ލައްކައެއްހާ މީހުންގެ ވާހަކަތަކީ ގައުމީ ފެންވަރުގައި މާ ބޮޑަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ.

ފްރާންސްގެ އަޅުދާސްކުރުމުގެ ގާނޫނު އުވާލުމަކީ ރަމްޒީ ގޮތުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ނަމަވެސް މިއީ އަޅުވެތިކަމާއި އިސްތިއުމާރުގެ ސަބަބުން މިއަދުގެ މުޖުތަމައަށް، ޚާއްސަކޮށް ޕެރިހުގެ ބޭރު ސަރަހައްދުތަކާއި ފަރަންސޭސިވިލާތުގެ ބޭރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ނަސްލީ ތަފާތުކުރުންތަކުގެ ބަހުސް ނިމުމަކަށް އަންނާނެ ކަމެއް ނޫން ކަމަށް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!