އެބޯލާ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭތީ ބެންގަލޫރުގައި ޔުގެންޑާގެ އަންހެނަކު ކަރަންޓީނުކޮށްފި

އެބޯލާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ޔުގެންޑާއަށް ނިސްބަތްވާ އަންހެނަކު އިންޑިއާގެ ބެންގަލޫރުގައި ކަރަންޓީނުކޮށްފިއެވެ.

އިންޑިއާގެ މީޑިއާން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަންހެން މީހާ ކަރަންޓީނުކޮށްފައިވަނީ ބެންގަލޫރުގެ ހޮސްޕިޓަލެއްގައެވެ. މިއީ އެ ގައުމުގައި މި ބަލި ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ އަންހެން މީހާގެ ހަށިގަނޑުން އިތުރު ޓެސްޓުތައް ހަދަމުންނެވެ. އެބޯލާ ވައިރަސް އަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ އަދި ނުރައްކާތެރި ބައްޔަކަށް ވުމުން، ސިއްހީ މާހިރުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.

 

ހިއްސާ ކުރައްވާ!