އީރާނާއި އެމެރިކާއާ ދެމެދު ވެވިދާނެ އެއްބަސްވުމެއްގެ އޮނިގަނޑު ކަމަށްވާ 14 މާއްދާގެ މައްޗަށް އެކުލެވޭ ނުރަސްމީ ލިޔުމެއް އީރާނުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ފަހުމުނާމާގައި އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ އަސްކަރީ ފައުޖުތައް ބޭރު ކުރުމަޢީ ކަނޑުގެ މަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އޮމާން އާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމާ ތެހެރާނުން ހަވާލުވާނެ ކަމަށްވެސް މީގައިވެއެވެ.
މީގެ ބަދަލުގައި، އެއް މަސްދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުގެ އަދަދު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަކުރުމަށް ތެހެރާނުން އެއްބަސްވެއެވެ. ނަމަވެސް، އަސްކަރީ އުޅަނދުފަހަރު މި އެއްބަސްވުމުގެ ތެރޭގައި ނުހިމެނެއެވެ.
މި ދެލިކޮޕީގައިވާ ގޮތުން، 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ މަޖުބޫރުކުރަނިވި ގަރާރެއްގެ ސިފައިގައި މި އެއްބަސްވުން ނިންމައި ފާސްކުރަން ޖެހޭނެއެވެ.
އީރާނުގެ ޓީވީން ބުނި ގޮތުގައި މައިގަނޑު ފަހުމުނާމާ ކަމަށްވާ އިސްލާމްއާބާދު ފަހުމުނާމާގެ އޮނިގަނޑު އަދި ނިމުމަކަށް ނާދެއެވެ. އަދި "ސާބިތު ހިފޭގޮތަށް އޮތް ކުރިއެރުމެއް" ލިބުމުން ނޫނީ އީރާނުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށްވެސް ބުނެފައިވެއެވެ.






