ބަންދަރު އައްބާސްއަށް އެމެރިކާއިން ހަމަލާދީފި: ހޮރްމޫޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެއްޖެ

އިރާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ބަންދަރު އައްބާސްގައި ހުރި ޑްރޯން ޔުނިޓަކަށް އެމެރިކާ ސިފައިން ބުރާސްފަތި ދުވަހުގެ ފަތިހު ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާއަކީ އެމެރިކާގެ ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް އިރާނުން ފޮނުވާލި އިންތިހާރީ ޑްރޯންތަކެއް ވައްޓާލުމަށްފަހު ދިން ރައްދު ހަމަލާއެއް ކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސ ްބެލެވެނީ އެމެރިކާއިން މަސްރަހު ހޫނުކޮށްލަން ބޭނުންވީ ކަމަށެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ ވިޔަފާރި އުޅަނދަކަށް ހަމަލާދޭން އައި އިރާނުގެ ހަތަރު ޑްރޯންއެއް ވަނީ ވައްޓާލާފައެވެ. އަދި ބަންދަރު އައްބާސްގައި ފަސްވަނަ ޑްރޯންއެއް ފޮނުވާލަން ތައްޔާރުވަމުންދިޔަ ޔުނިޓަށް ހަމަލާދީ އެތަން ވަނީ ނައްތާލާފައެވެ. "މިއީ ހަމައެކަނި ދިފާއީ މަގްސަދެއްގައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިން ހަމަލާއެއް" ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، ބަންދަރު އައްބާސްއަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިން ހުއްދަނެތި ދަތުރުކުރަން އުޅުނު ހަތަރު އުޅަނދަކަށް އިންޒާރު ދިނުމުގެ ބަޑި ޖަހައި، އެ އުޅަނދުތައް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް އިރާނުން ބުނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން މިފަދަ ހާދިސާއެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.

މި އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ. އިރާނުގެ މީޑިއާ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގެ ދެލިކޮޕީއެއް އާންމުކުރި ނަމަވެސް، އެމެރިކާއިން ބުނީ އެއީ މުޅިން ހަދައިދީފައިވާ ދޮގު ލިޔުމެއް ކަމަށެވެ.

އެމެރިކާއިން ދަނީ އިބްރާހީމީ މުއާހަދާގފައި އަރަބިން ބައިވެރިވުމަށް މަޖުބޫރު ކުރަމުންނެވެ. އަދި އެ ގައުމުތަކުން އެ މުއާހަދާގައި ބައިވެރި ނުވާނަމަ އީރާން ހަނގުރާމަ ހުއްޓާނުލައި ހަމަލަތައް ދޭނެ ކަމަށް ބުނެއެވެ. އޭގެ ބަދަލުގައި އީރާނުން އަރަބިންނަށް ހަމަލަ ދިނުމުން އަރަބިންގެ އުމްރާނީ ވަސީލަތްތައް ހަލާކު ވާނެ ކަމަށް ބުނެއެވެ. އެމެރިކއިން ވަނީ އަރަބިންނަށް އުދަގޫ ޗޮއިސްއެއް ދީފައެވެ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް ރަސްމީ އެއްބަސްވުމަކަށް އާދެވޭނީ އަރަބިން އިބްރާހީމީ މުއާހަދާގައި ބައވެރިވުމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

 

ހިއްސާ ކުރައްވާ!