އެމެރިކާގެ ސޮލީބީ ރައީސް ޑޮނަލްޑް ޓްރަމްޕް މިހަރު ކުރަމުންދާ މަސައްކަތުގައި ސައުދީއާއި ޕާކިސްތާނަށް އަދި ޤަތަރަށް ފިއްތައިގެން މި ގައުމުތައް އިބްރާހީ މުއާހަދާގައި ބައިވެރި ކުރެވިއްޖެނަމަ ނޯބެލް ސުލްހައިގެ އިނާމުގެ ނަން "ޓްރަމްޕް ޕްރައިޒް" އަށް ބަދަލުކުރަންޖެހޭނެ ކަމަށް އެމެރިކާގެ ރިޕަބްލިކަން ސެނެޓަރު ސަހުޔޫނީ ފިކުރުގެ ހަރުކަށި ލިންޑްސޭ ގްރަހަމް ބުނެފިއެވެ. ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ގްރަހަމް ބުނީ، ޔޫއޭއީއާއި މޮރޮކޯއާއި ބަހުރައިން އިން ބައިވެރިވާ ޖެނޮސައިޑަށް ވާގިވެރިވާ އިބްރާހީމީ މުއާހަދާގައި ސައޫދީން ބައިވެރި ކުރުމުގައި ޓްރަމްޕް ކާމިޔާބު ވެއްޖެނަމަ އެއީ ޔަހޫދީ ޖާދޫގަރު ސާމިރީ ކަލޭގެ އުފެއްދިފަދަ ގެރިއެއް ކަމުގައި ވާނެ ކަމަށެވެ.
ގްރަހަމް ބުނި ގޮތުގައި ގެފުޅު ހުންނަ ސައުދީ އަރަބިއްޔާއިން ޖެނޮސައިޑް ހިންގާ ޔަހޫދީ ދައުލަތް ބަލައިގަތުމަކީ އުމަރުގެފާނު ޔަހޫދީން އަރަބި ކަރައިން ބޭރުކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އަރަބިންނާއި ޔަހޫދީންނާ ދެމެދު ގާއިމް ކުރެވޭ ހަމަޖެހުމަކަށް ވާނެ ކަމަށެވެ.
އަދި މިއިން ފާރިސީ ދަރިކޮޅުގެ އީރާންގެ ނުފޫޒު ކުޑަކުރެވި، ރިޔާޟާއި ޖެނޮސައިޑް ހިންގާ ޔަހޫދީ ރެޖީމާ ދެމެދު ސުލްހަ ގާއިމުވުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޓްރަމްޕް ވަނި އަރަބި ވެެރިންނަށް ކުރެއްވި ފޯނު ކޯލުގައި މި އެއްބަސްވުމުގައި އެ ގައުމުތަކުން ސޮއިކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅވެފައެވެ. އަރަބި މީޑިއާ ބުނަނީ ބައެއް އަރަބި ވެރިންނަށް މި ވާހަކަވީ ޖޯކަކަށެވެ،. އަދި އަނެއް ބަޔަކު ވަނީ މިކަމަށް މަލާމާތް ކޮށްފައެވެ. އަރަބި މީޑިއާއިން ސިފަ ކޮށްފައި ވަނީ ޓްރަމްޕަކީ ޚަބީސް ނުބައި ނުލަފާ މީހެއްގެ ގޮތުގައެވެ.
ޕާކިސްތާނުގެ ދައުރާމެދު ސުވާލު އުފެއްދުން
މީގެ އިތުރުން، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރާ ދައުރާމެދު ވެސް ގްރަހަމް ވަނީ ސުވާލު އުފައްދަވާފައެވެ. ޕާކިސްތާނުން އިބްރާހީމީ މުއާހަދާގައި ބައިވެރިވުމަށް އިންކާރުކުރުމާ ގުޅިގެން ގްރަހަމް ބުނީ ޔަހޫދީ ޖެނޮސައިޑް ރެޖީމާ މެދު ޕާކިސްތާނުން ގެންގުޅޭ ދުޝްމަންކަމުގެ ސަބަބުން އިސްލާމްއާބާދަކީ މެދުވެރިއެއްގެ ދައުރު އަދާކުރެވޭނެ ފެންވަރުގެ ގައުމެއް ނޫން ކަމަށެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ، ޔަހޫދީ ޖެނޮސައިޑް ރެޖީމަކީ އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށާއި، ޕާކިސްތާނުގެ އަސާސީ އުސޫލުތައް ދޫކޮށްނުލާނެ ކަމަށެވެ. ނަމަވެސް ގްރަހަމް ވަނީ ޕާކިސްތާނުގެ ވައިގެ ބަނދަރުތަކުގައި އީރާނުގެ އަސްކަރީ މަތިންދާބޯޓުތައް ބަހައްޓާފައިވާ ކަމަށް ބުނާ ރިޕޯޓުތަކަށް އިޝާރާތްކޮށް، ޕާކިސްތާނުގެ ނިޔަތާމެދު ޝައްކު އުފައްދާފައެވެ.
މި މައްސަލައިގައި ޕާކިސްތާނުން ވަނީ އެ ގައުމުގެ އެއާބޭސްތަކުގައި އީރާނުގެ ބޯޓުތައް ހުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އެ ގައުމުން ބުނެފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި އެ ގައުމުން ދެމިއޮންނާނެ ކަމަށެވެ.





