އިޒްރޭލުގެ އަސްކަރީ ބާރުގަދަވެފައި، ޒަމާނީ ހަތިޔާރު ހުރި ނަމަވެސް، ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ޖެނޮސައިޑް ސިފައިންގެ 6 ލަޝްކަރާއެކު ވެސް ޣައްޒާގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް އިޒްރޭލު ވަނީ ނުކުޅެދިފައެވެ. މިއީ މީގެ ކުރިން މިސްރާ ހަނގުރާމަ ކުރިއިރު 6 ދުވަހުގެ ތެރޭގައި ޖެނޮސައިޑް ސިފައިންގެ 3 ލަޝްކަރާއެކު ޔަހޫދީން މިސްރުގެ ސީނާ ސަރަހައްދު އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. \ނަމަވެސް އެ މަސައްކަތާ ޚިލާފަށް ބަލިކަށި ހަތިޔާރު ނެތް ޣައްޒާގައި ޖެނޮސައިޑް ސިފައިންނަށް އެ ކާމިޔާބީ ހާސިލުވެފައެއް ނުވެއެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ހަނގުރާމަ ކުރާ ގޮތަށް އައިސްފައިވާ ބަދަލެވެ.
فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانتَصَرَ مِنْهُمْ وَلَٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ ۗ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ ﴿4﴾
ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން ކާފިރުންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި ޤަތުލު ކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެއުރެން ޤަތުލު ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން ފިދުޔަ ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، ﷲ އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ޖިހާދު ޝަރުޢު ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އަދި، ﷲގެ މަގުގައި ޤަތުލު ވީ މީހުން ފަހެ، އެއުރެންގެ ޢަމަލުތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ. (މުޙައްމަދު)
ދައުލަތްތަކުގެ ރަސްމީ ސިފައިންނަށްވުރެ، އިސްލާމީ އަގީދާއިން ހަތިޔާރު އަޅައިގެން ތިބި ފިދާއީ ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވެފައިވާކަން މި ހަނގުރާމައިން ހާމަވެއެވެ. މިއީ ހަމައެކަނި ޣައްޒާގެ މީހުންގެ ސާބިތުކަމާއި ﷲ އެމީހުންނަށް ދެއްވި ނަސްރުން ލިބުނު ކުރިއެރުމެވެ. އަދި، މިއީ މުޅި އުންމަތުގެ އެއްބައިވަންތަކަމާއި ހަނގުރާމައިގެ އުކުޅުތަކަށް އައި ބަދަލެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.
މިހާރުގެ ހަނގުރާމަވެރިންގެ މަގްސަދަކީ ހަމައެކަނި ވެރިކަން ހޯދުމެއް ނޫނެވެ. ޗާޓުތަކުގައި ކުރަހާފައިވާ އިސްތިއުމާރީ ބާރުތަކުން ބައިކުރި ސައިކްސް-ޕިކޯގެ ބޯޑަރުތަކަކީ ހަމައެކަނި ގަނޑުކޮޅެއްގައި ހުރި ރޮނގުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، ހަގީގީ ރޮނގަކީ ވެލިގަނޑު މައްޗަށް އޮހޮރޭ ލޭ ކަމަށް މި ހަނގުރާމައިން ދަނީ ސާބިތުވަމުންނެވެ. މި ބޯޑަރުތަކަކީ އެއްވެސް އެއްބަސްވުމެއް ނުވަތަ ރައްކާތެރިކަމެއް ކަށަވަރުކޮށްދިން އެއްޗެއް ނޫނެވެ.
ޣައްޒާ މީހުންގެ ހިތްވަރާއެކު ﷲ ވަނީ އެމީހުންނަށް ސާބިތުކަން ދެއްވާއެފެ. އެއީ އެމީހުންނަށް ދެއްވި ނަސްރެވެ!
يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ﴿7﴾
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ. (މުޙައްމަދު)





