ހަނގުރާމައިގެ ސަރަހައްދުތަކުގައި އަދި ޖަލުގައި ބަންދު ކުރާ މީހުން ރޭޕްކޮށް އެމީހުންނާ ދެކޮޅަށް ޖިންސީ އަނިޔާގެ އަމަލު ހިންގާތީ އދ. އިން އެކުލަވާލާފައިވާ ކަޅު ލިސްޓުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމް ގެ ބައެއް މުއައްސަސާތައް ހިމަނައިފިއެވެ. މި ކަމާ ގުޅިގެން ޔަހޫދީ ޖެނޮސައިޑް ރެޖީމް އިން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އޮފީހާއެކު އޮންނަ ގުޅުންތައް ކަނޑާލަން ނިންމައިފައެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިޔާސީ މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ގުޓަރޭޒްއާ ދެކޮޅަށް އެޅި ފުރަތަމަ ފިޔަވަޅެވެ.
ޖިންސީ އަނިޔާގެ ބިރުވެރި ރިޕޯޓުތައް
އދ. ން މި ނިންމުން ނިންމާ ފައިވަނީ ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ ރަހީނުންނާއި ގައިދީންނާއި އަސީރުން ބަންދުކޮށްފައިވާ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޖަލުތަކާއި ކޭމްޕުތަކުގައި، ހާއްސަކޮށް "ސިދޭ ތީމާން" ކޭމްޕުގައި، ފަލަސްޠީނު މީހުން ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގާކަން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ކަށަވަރުކޮށް ދިނުމާ ގުޅިގެންނެވެ.
މިއީ ޔަހޫދީ ޖެނޮސައިޑް ރެޖީމް އާ ދެކޮޅަށް ފަލަސްޔީނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އދ. އިން ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިންނާއި، ޖަލުތަކާ ބެހޭ އިދާރާ އަދި ޝަބާކްގެ އޮފިސަރުން ފަލަސްތީނުގެ ފިރިހެނުންނަށް ޖިންސީ އަނިޔާކޮށް، ދަގަނޑު ބޭނުންކޮށްގެން ޖިންސީ ގުނަވަންތަކަށް ގެއްލުން ދީފައިވާ 12 ހާދިސާއެއް ލިޔެކިޔުންތަކުން ސާބިތުކޮށްފައެވެ.
އިސްރާއީލުގެ ރައްދު
ޔަހޫދީ ޖެނޮސައިޑް ރެޖީމުން އާދަވެގެން ހޭރިގަންނަ ބީދައިން މިފަހަރުވެސް ހޭރެމުން ބުނެފައި ވަނީ މިއީ ޔަހޫދީންނާ ދެކޮޅަށް ހިންގި ނަފްތަރު އުފެއްދުމުގެ އަމަލެއް ކަމަށެވެ.
ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފުޅަނދުގައި ތިބި ގިނަ ބަޔަކުވެސް ޔަހޫދީ ޖެނޮސައިޑު ރެޖީމުން ރޭޕްކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.
ފްރާންސުން ވަނީ މި ކަމާ ގުޅޭ ބައިނަލްއަގްވާމީ ދައުވާއެއް ކުރުމަށް މަސައްކަތް ފަށާފައެވެ.
މި ހަމަނުޖެހުންތައް ކުރިމަތިވެފައި މިވަނީ ގުޓަރޭޒްގެ ދައުރު މިއަހަރުގެ ނިޔަލަށް ހަމަވާން ކައިރިވެފައި ވަނިކޮށެވެ. އިސްރާއީލުން ދަނީ އެމެރިކާއާ ގުޅިގެން ގުޓަރޭޒްގެ ބަދަލުގައި އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރާނެ އާ ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރުމަށް މަސައްކަތް ކުރަމުންނެވެ.
ދިވެހި ސަރުކާރުން ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމުން ރުހޭ ފަރާތަށް ރުހުން ދޭކަމަށް ބުނެފައެވެ. އެފަރާތަކީ އީރާނުގެ ނިއުކްލިއަރ މައްސަލާގައި ޔަހޫދީ ޖެނޮސައިޑް ރެޖީމާ ގުޅިެގން އީރާނަށް ގެންލުން ދޭން އުޅުނު ފާސިދު ގޮރޮސީއެވެ.
މާތްﷲ ފާސިދުން ކިބައިން އަޅަމެން ސަލާމަތް ކުރައްވާދޭނވެ!




