އީރާނުގެ 'ހުރްމުޒް ސްޓްރެއިޓް މެނޭޖްމަންޓް' އޮތޯރިޓީއަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފައިސާ ނެގުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން އުފައްދާފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އެ އިދާރާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެމެރިކާއިން ބުނާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އީރާނުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތެކެވެ.
އެމެރިކާއަކީ އެންމެ ބޮޑު ޓެރަރިސްޓް ގައުމެވބެ. ދުނިޔޭގެ އިގްތިސާދު އިނދެ ޖެހުމަށް މެދުވެރިވެފައިޥާ މި ކާރިސާ އަކީވެސް ސޮލީބީ އެމެރިކާއާއި ސަހުޔޫނީ ޖެނޮސއިޑް ރެޖީމުން އީރާނަށް އިސްހެ ހަމަލަ ދިނުމުން މެދުވެރިވި ކަމެކެވެ، އީރާނަކީ ޒަމާނީ ތާރިޚުގައި ދުވަހަކުވެސް އިސްވެ ގައުމަކަށް ހަމަލަ ދީފައިވާ ގައުމެއް ނޫނެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނުގެ ސިފައިން ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ވިޔަފާރިއަށް ހުރަސްއަޅައި ފައިސާ ހޯދަން މަސައްކަތް ކުރުމަކީ، އެމެރިކާގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނު މާލީ ގޮތުން ނުކުޅެދޭ ހާލަތަކަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި އޮތޯރިޓީއާ އެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރާ ފަރާތްތަކަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ކަނޑުއޮޅިން ދަތުރުކުރުމުގެ ފީގެ ގޮތުގައި އާދައިގެ ފައިސާއިން ނުވަތަ ޑިޖިޓަލް ކަރަންސީން ވިޔަސް، އަދި ހަދިޔާގެ ނަމުގައި ކުރާ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެކެވެ. "ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން، އީރާނުން ތެލާއި ނުބައިކަން އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ ވިއުގަތައް ހުއްޓުވުމުގައި އަޅުގަނޑުމެން ދެގޮތެއް ނުވުން ދެމިތިބޭނަން،" ބެސެންޓް ވިދާޅުވިއެވެ.
އިގްތިސާދީ ފިޔަވަޅުތަކުގެ އިތުރުން، ބަންދަރު އައްބާސްގައި ހުރި އީރާނުގެ ޑްރޯން ޔުނިޓަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފައެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ މުދާ އުފުލާ އުޅަނދަކަށް ހަމަލާދޭން އުޅުނު އީރާނުގެ ހަތަރު ޑްރޯންއެއް ވައްޓާލުމަށްފަހުގައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، އެމެރިކާގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ.







