ހިޒްބުالله އިން ބޭނުންކުރަން ފަށާފައިވާ އަގުހެޔޮ، އަދި އަމާޒަށް ވާސިލްވުމުގެ ގާބިލުކަން ހުރި ޑްރޯންތަކަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމުން ފާއިތުވި އަހަރުތަކުގައި އުތުރުގެ ފްރަންޓުން ކުރިމަތިލާން ޖެހިފައިވާ އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އަސްކަރީ މާހިރުން އެއްބަސްވެއްޖެއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޔޫކްރޭން ހަނގުރާމައިގައި ބޭނުންކުރާ ފަދަ 'ފަސްޓް ޕާސަން ވިއު' ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކަކީ ފަހަކަށް އައިސް އިޒްރޭލު ސިފައިން މަރުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.
ޖޭމް ނުކުރެވޭ ފައިބަރ އޮޕްޓިކް ޓެކްނޮލޮޖީ
ސަލާމަތީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި ހިޒްބުاللهގެ ޑްރޯންތަކުގެ ބޮޑު ބައެއް މިހާރު އޮޕަރޭޓް ކުރަނީ ފައިބަރ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން އިޒްރޭލުގެ އިލެކްޓްރޯނިކް ވޯފެއަރ ނުވަތަ ސިގްނަލް ޖޭމްކުރާ ނިޒާމުތަކަށް މި ޑްރޯންތައް ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ. ބޯޑަރު ސަރަހައްދުގައި ތިބި ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސިފައިން ބުނާ ގޮތުގައި މި ޑްރޯންތައް ރޭދުވާލު ހަމަލާދެމުންދާއިރު، އެ ތަކެތި އިތުބާރާއެކު ހުއްޓުވޭނެ އެއްވެސް ޓެކްނޮލޮޖީއެއް މިހާރު އިޒްރޭލުގެ އަތަކު ނެތެވެ.
ދިފާއީ ފިޔަވަޅެއްގެ ގޮތުން ދާގަނޑު ބޭނުންކުރުން
އިލެކްޓްރޯނިކް ދިފާއީ ނިޒާމުތައް ފެއިލްވުމާ ގުޅިގެން، ޔަހޫދީ ޖެނޮސައިޑް ރެޖީމު ސިފައިން މިހާރު ދަނީ އަސްކަރީ އުޅަނދުތަކާއި ބަޑިތަކުގެ މަތީގައި ދަގަނޑު ކޭޖްތަކާއި ދާގަނޑުތައް ހަރުކުރަމުންނެވެ. މިއީ ޑްރޯން އައިސް ޖެހުމުގެ ކުރިން އޭގައި އަޅައިގަނެ ގޮވުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި މިއީ ފުރިހަމަ ހައްލެއް ނޫނެވެ. ގިނަ ފަހަރަށް ޑްރޯންތައް ދަނީ މި ދާގަނޑުތަކުގެ ދަށުން ނުވަތަ އަރިމަތިން ވަދެ އަމާޒަށް ހަމަލާދެމުންނެވެ.
ހިޒްބުاللهގެ މި ކާމިޔާބު އީޖާދީ ޑްރޯން ކެމްޕޭނުގެ ސަބަބުން ޔަހޫދީ ޖެނޮސައިޑް ރެޖީމު ސިފައިން ވަނީ އެމީހުންގެ އުކުޅުތަކަށް ބަދަލު ގެންނަން މަޖުބޫރުވެފައެވެ. މިގޮތުން ހާމަ ތަންތަނުގައި ސިފައިން ހަރަކާތްތެރިވުން މަދުކުރުމާއި، އުޅަނދުތައް އެއްތަނަކަށް ޖަމާކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ވަކިވަކިން ބެހެއްޓުން ހިމެނެއެވެ. ޔޫކްރޭންގެ އަސްކަރީ އޮފިސަރަކު ފާހަގަކުރި ގޮތުގައި ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދަނީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާއިން ހެދި ގޯސްތައް ތަކުރާރުކުރަމުންނެވެ.
މި ހަމަލާތަކުގެ ސަބަބުން ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ނަތަންޔާހޫއަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. އުތުރުގެ ރަށްތަކުގެ ރައްޔިތުން ބުނާ ގޮތުގައި އެމީހުން ދިރިއުޅެމުންދަނީ އަބަދުވެސް ޑްރޯންގެ ނުރައްކަލުގެ ބިރުވެރިކަމުގެ ތެރޭގައެވެ. މާހިރުން އިންޒާރު ދޭ ގޮތުގައި، ހިޒްބުالله އިން ކޮންމެ ފަހަރަކު ފޮނުވާ ކާމިޔާބު ޑްރޯންތަކުން އެމީހުން ދަނީ އިޒްރޭލުގެ ދިފާއީ ނިޒާމުތަކާ ބެހޭ މުހިންމު މައުލޫމާތުތައް އެއްކުރަމުންނެވެ.
މި ހާލަތަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އަސްކަރީ ކޮމާންޑަރުން ސިފަކުރާ ގޮތުގައި 'ސްޓްރެޓީޖިކް ބޯހާސްކަމެއް' ކުރިމަތިކުރުވާ ކަމެކެވެ. އަގުބޮޑު ދިފާއީ ނިޒާމުތަކުގެ ތެރެއިން އަގުހެޔޮ ޑްރޯންތައް ވަދެގެންދިއުމަކީ ހަނގުރާމައިގެ މައިދާނުގައި އުފެދިފައިވާ އާ ނުރައްކަލެކެވެ.






