އީރާނުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުނުވާހާ ހިނދަކު އެމެރިކާއާއެކު އެއްވެސް އެއްބަސްވުމަކަށް އީރާނުން އިއުތިރާފް ނުވާނެ ކަމަށް އެގައުމުގެ ޕާލިމަންޓްގެ ރައީސް އަދި އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުގެ އިސް މަންދޫބު މުޙައްމަދު ބާޤިރު ގާލީބާފް ވިދާޅުވެއްޖެއެވެ. ޤާލިބާފް މިފަދައިން ވިދާޅުވި ޓްރަމްޕް އީރާނަށް އައު ޝަރުތުތަކެއް ކުރިމަތިކޮށް، މިހާރު ހުށަހެޅިފައިވާ ފަހުމުނާމާއަށް ބައިތައް އިތުރުކޮށް ހަރުކަށި ޝަރުތުތަކެއް ހުށަހެޅުމުނނެވެ.
އީރާނު ޕާލިމަންޓްގެ އައު ދައުރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާލީބާފް ވިދާޅުވީ، އީރާނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވިއްޖެކަން ޔަގީންނުވާހާ ހިނދަކު އެއްވެސް އެއްބަސްވުމެއް ފާސްނުކުރާނެ ކަމަށެވެ. އަދި އީރާނުގެ މަޝްވަރާވެރިން "ދުޝްމަނުންގެ ބަހަކަށް ނުވަތަ ވައުދަކަށް އިތުބާރު ނުކުރާ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނަށް ވެސް އަދި އެހެން ގައުމުތަކަށްވެސް ފެންނާން އެ އޮތީ ލުބުނާނާއި ސޫރިޔާއާއި އިރާގެވެ. ބާރުތައް ރޫޅާލައި ހީނަރުކޮށްލުމުން ޔަހޫދީ ސައުހޫޔީ ޖެނޮސައިޑު އަދުއްވާއި ސޮލީބީ ދުޝްމަނުގެ ހަމަލަތަކަށް ރައްދު ދެވޭނެ ގާބިލުކަމެއް ގައުމުގެ ކިބައިގައި ނޯންނާނެ ކަން މި ގައުމުތަކުން ސާބިތުވެއެވެ.، އެހެން އެފެންވަރަށް ވެއްޓޭކަށް އީރާނުން ބނުމެއް ނުވެއެވެ.
ފާއިތުވި ދުވަސްތަކުގައި ދެގައުމުން އެއްބަސްވުމަކާ ގާތަށް އައިސްފައިވާ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަހުމުނާމާއަށް ހުށަހެޅި ހުށަހެޅުން އިތުރަށް ހަރުކަށި ކުރައްވައި، "މާ ހަރުކަށި ޝަރުޠުތަކަކާއެކު" އައު އޮނިގަނޑެއް ތެހެރާނަށް އަނބުރާ ފޮނުއްވާފައެވެ.
އެމެރިކާއާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގައިވެސް އީރާނުން އެންމެ އިސްކަންދޭ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ:
- އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން.
- އެމެރިކާއާއި އެމެރިކާގެ އަމުރަށް ފޭރިގެންފައިވާ އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުން.
ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށި ފަހުން އީރާނުން ވަނީ ދުނިޔޭގެ ހަކަތަ އުފުލާ މުހިންމު ކަނޑުގެ މަގު ހުރުމުޒު މަގުން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާފައެވެ. މީގެ ރައްދުގައި އެމެރިކާއިން ވަނީ މިދިޔަ އެޕްރީލް 13 އިން ފެށިގެން އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށް ކަނޑުގެ މަގުން ޙިޞާރު ކޮށްފައެވެ.






