ޣައްޒާ ޖެނޮސައިޑް ކުރިއަށްދާއިރު އިސްރާއީލް ފުޅަނދުބުރުގައި ބައިވެރިވާ ޕާކިސްތާން-އެމެރިކާ އެކްޓިވިސްޓަކަށް ބޮޑެތި ފާޑުކިޔުންތަކެއް
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑާ މެދު މުޅި ދުނިޔޭގައި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ނިއުޔޯކްގައި އަހަރަކު އެއްފަހަރު ބާއްވާ "ސެލެބްރޭޓް އިސްރާއީލް" ފުޅަނދުބުރުގައި ބައިވެރިވާން ޕާކިސްތާން އަންހެނަކު ވަނީ ނިންމާފައެވެ. އަނީލާ އަލީ ނަމަކަށް ކިޔ ާމި ޕާކިސްތާން އަންހެން މީހާ ބުނާ ގޮތުގައި އޭނާ އަކީ ހުރިހައި ދީނެއްގެ މީހުން ރުއްސަން މަސައްކަތް ކުޜާ އެކްޓިވިސްޓެކެވެ.
މުސްލިމުންނާއި ޔަހޫދީ ޖެނޮސައިޑަށް ފާޑު ކިޔާ މީހުން ވަނީ މި އެކްޓިވިސްޓަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކޮށްފައެވެ.
އެމެރިކާގައި އުޅޭ ޕާކިސްތާން މީހުންނާއި މުސްލިމު މުޖުތަމަޢުގެ މެންބަރުން ބުނީ މިއީ ބަތާހަރާމީއެއް ކަމަށެވެ! އަދި މީނާ އަކީ އިސްރާއީލް ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތައް ފޮރުވުމަށް މަސައްކަތްކުރާ ޒަޔަނިސްޓު އެޖެންޓެއް ކަމަށާއި ސުލްހައިގެ ބަސްތައް ބޭނުންކޮށްގެން ހަނގުރާމައިގެ ކުށްތަކަށް ތުހުމަތުކުރެވޭ ސަރުކާރަކުން ފައިސާ ނަގައިގެން ގާނޫނީ ސިފައެއް ދޭން އުޅޭ ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި އެކްޓިވިސްޓް ވަނީ އިސްރާއީލަށް ތާއީދުކުރާ ޖަމާޢަތްތަކުން ބަލައިގަންނަ "މެދުމިނުގެ މުސްލިމް އަޑެއް" ގެ ގޮތުގައި އޭނާގެ ތަޞައްވުރު ދެމެހެއްޓުމަށް އަހަރުތަކެއް ހޭދަކޮށްފައެވެ. ނަމަވެސް، އިސްރާއީލުގެ އަނިޔާވެރި ސިޔާސަތުތަކަށް ފާޑުކިޔުމުން އޭނާ އަބަދުވެސް ދުރުހެލިވެއެވެ.
ބައެއް މުސްލިމް އެކްޓިވިސްޓުން ބުނި ގޮތުގައި، އޭނާގެ މިފަދަ މަސައްކަތްތައް ބިނާވެފައިވަނީ އަމިއްލަ މަންފާއާއި، މަޤާމުގެ ކުރިއެރުމާއި، ލިބޭ ނަގުދު ފައިސާގެ މައްޗަށެވެ. އިސްރާއީލަށް ތާއީދުކުރާ ޖަމާޢަތްތަކުން އަބަދުވެސް އެމީހުންގެ ވާހަކަތަކަށް ތާއީދުކުރާ މުސްލިމް ފަރާތްތައް ކުރިއަށް ނެރެއެވެ.
މި އަހަރުގެ "ސެލެބްރޭޓް އިސްރާއީލް" ފުޅަނދުބުރަކީ ހަމައެކަނި ސަގާފީ ހަރަކާތެއް ނޫނެވެ. މި ފުޅުޅަނދުބުރު ބައްވަނީ:
- ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ލާއިންސާނީ ޙަމަލާތައް ދޭ އިރެއްގައި
- މިލިއަނަކަށްވުރެ ގިނަ ރައްޔިތުން ގެދޮރުން ބޭރުކޮށްފައި ވަނިކޮށް
- ބައިނަލްއަޤްވާމީ ކޯޓުތަކުގައި އިސްރާއީލާ ދެކޮޅަށް ހިންގާ ގާނޫނީ މަރުޙަލާތައް ކުރިއަށް ދާއިރު
- އިންސާފަށް ގޮވާލާ ދުނިޔޭގެ އެކި ކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތައް ކުރާ އިރު
ޕާކިސްތާން-އެމެރިކާ އަދި މުސްލިމް މުޖުތަމަޢުގެ ގިނަ ބަޔަކު ބުނާ ގޮތުގައި، މި އަންހެން މީހާގެ މި ނިންމުމުން ދައްކުވައިދެނީ ފަލަސްޠީނުގެ ރައްޔިތުންގެ ވޭނާއި ކެކުޅުމުން ފައިދާ ނަގާ މަންޒަރެވެ! އޭނާ ވަނީ ޣައްޒާގެ އިންސާނީ ކާރިސާއާއި، މުޅި އަވަށްތައް ސުންނާފަތިކުރުމާއި، ނޫސްވެރިންނާއި، ޑޮކްޓަރުން އަދި އެހީދޭ މުވައްޒަފުން މެރުމާ ބެހޭގޮތުން ބަހެއް ބުނަންވެސް އިންކާރުކޮށްފައެވެ.



