މިޔަންމާގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފައްޓަވަނީ

މިޔަންމާގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް 'ރޮއިޓަރސް'  އިން ރިޕޯޓްކޮށްފިއެވެ.

މި ދަތުރުފުޅަކީ މިޔަންމާ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާމެދު ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެވޭނެކަމަށް ބެލެވެއެވެ.

މިޔަންމާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައި އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ގާތުން ބަލަމުންދާނެ ދަތުރުފުޅެއްކަން މުހައްލިލުން ފާހަގަކުރެއެވެ.

ޚާއްސަކޮށް އިންޑިއާއަކީ މިޔަންމާއާ އިންވެގެން އޮންނަ ގައުމަކަށް ވެފައި، ސަރަހައްދުގެ އެންމެ ބޮޑު އެއް ބާރު ކަމަށްވުމުން، މިޔަންމާގެ އައު ލީޑަރޝިޕާއެކު އިންޑިއާއިން ބާއްވާ ގުޅުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށްވެސް އޭގެ އަސަރުކުރާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!