ތުރުކީގެ ބަސް އެކްސިޑެންޓާ ގުޅިގެން ރައީސް މުޢިއްޒު، ރައީސް އުރުދުޣާނަށް ތަޢުޒިޔާ ފޮނުއްވައިފި

ތުރުކީވިލާތުގެ ހުޅަނގު ބިތުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެ، އަނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

"މި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާތައް ވަނީ މަރުވި މީހުންގެ ޢާއިލާތަކާއެކުގައެވެ." ރައީސް ވަނީ ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށާއި، އަދި ހާދިސާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައެވެ.

މިއަދުގެ ވަގުތެއްގައި ދަތުރުވެރިން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން 8 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެފައިވެއެވެ.

  • ދަތުރުވެރިން ގޮވައިގެން ދިޔަ ބަސް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން 8 މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

  • ރައީސް މުޢިއްޒު ވިދާޅުވީ މި ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔަކާއެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތުރުކީގެ ސަރުކާރަށާއި، ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް އަސަރުކުރި ޢާއިލާތަކަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް