Unsplash by Chris Karidis
Unsplash by Chris Karidis

ހޫނުގަދަވުމުގެ ސަބަބުން އައިފަލް ޓަވަރުގެ އުސްމިނަށް ބަދަލު އަންނަނީ!

ފަރަންސޭސިވިލާތުގެ ޕެރިހުގެ އެންމެ މަޝްހޫރު ބިނާ، "އައިފަލް ޓަވަރު" މި ދުވަސްވަރު ދިގުވަމުންދާ ކަމަށް ޚަބަރުތަކުގައި ބުނެފިއެވެ. ނަމަވެސް މިއީ އެ ބިނާއަށް އައު ބައެއް އިތުރުކުރުމުގެ ސަބަބުން ވާގޮތެއް ނޫނެވެ.

މި އާދަޔާޚިލާފު ކަމަކީ ސައިންޓިފިކް ސަބަބުތަކަކާ ހުރެ، ކޮންމެ އަހަރަކުވެސް ހޫނު މޫސުމާ ދިމާކޮށް ހިނގާ ކަމެކެވެ. އައިފަލް ޓަވަރަކީ އަލްޖީރިއާއިން ވަގަށް ފްރާންސުން އެތެރެކޮށްފައިވާ ދަގަނޑުން ބިނާކޮށްފައިވާ ޓަވަރަކަށް ވުމުން، ހޫނުމިން މަތިވުމުން ދަގަނޑުގެ މާއްދާތައް ފުޅާވުމުގެ ސައިންޓިފިކް އަސަރު މިއަށް ކުރެއެވެ.

އިރުގެ ދޯދިތައް ސީދާ ޓަވަރަށް އެޅި، ދަގަނޑުތައް ހޫނުވުމުން އޭގެ ސައިޒު ބޮޑުވެ، މުޅި ބިނާގެ އުސްމިނަށް މަދު ސެންޓިމީޓަރުތަކެއް އިތުރުވެގެންދެއެވެ. ބައެއް ފަހަރު މިގޮތަށް ހޫނުގަދަވާ ދުވަސްވަރު ޓަވަރުގެ އުސްމިނަށް ގާތްގަނޑަކަށް 15 ސެންޓިމީޓަރު (6 އިންޗި) އިތުރުވެއެވެ. މީގެ އިތުރުން، އިރުގެ ދޯދިތައް އެންމެ ބޮޑަށް އެޅޭ ފަރާތް ފުޅާވުމުގެ ސަބަބުން، އިރާ އިދިކޮޅަށް ޓަވަރު ކުޑަކޮށް ލެނބޭގޮތްވެސް ދިމާވެއެވެ.

ނަމަވެސް، މިއީ ހޫނު މޫސުމަށް އެކަނި ދިމާވާ ކަމެކެވެ. ފިނި މޫސުން އައުމުން ދަގަނޑުތައް އަނެއްކާވެސް ވަޅޯވެ، ކުޑަވެގެން ކުރީގެ ސައިޒަށް ބަދަލުވެއެވެ. ޓަވަރު ފަރުމާކުރި އިންޖިނޭރުން ވަނީ މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ބިނާގެ ރައްކާތެރިކަމަށް އެއްވެސް ގެއްލުމެއް ނުވާނެހެން، ދަގަނޑުތައް ގުޅުވައިދޭ ގުޅުން ތަކަށް ލުއި ލިބޭ ގޮތަށް އޮނިގަނޑު ފަރުމާކޮށްފައެވެ.

ހިއްސާ ކުރައްވާ!