ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިޒްބުالله ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ދެކުނު އަވަށްތަކަށް ހަމަލާދިނުމަށް ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު އަމުރުކޮށްފިއެވެ. މިއާއެކު ހަނގުރާމަ އިތުރަށް ވަރުގަދަވެ، އެމެރިކާއާއި އީރާނުގެ މެދުގައި ހިނގަމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރާ މަޝްވަރާތަކަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައް ލަސްވަމުންދާ މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ކޮންމެ އެއްބަސްވުމެއްގެވެސް މުހިންމު ބައެއްކަން އޭނާ ތަކުރާރު ކުރެއްވިއެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް، ބައިރޫތުގެ ދެކުނު އަވަށެއް ކަމަށްވާ ޟާހިޔާ ގައި ހުރި އަމާޒުތަކަށް ހަމަލާދޭން ސިފައިންނަށް އަމުރުކުރީ، ހިޒްބުالله އިން ތަކުރާރުކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުގެ ރަށްތަކަށާއި ރައްޔިތުންނަށް ހަމަލާދެމުންދާތީ ކަމަށެވެ.
އޭޕްރީލް 16 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާންކުރެއްވި ފަހުން، ލުބުނާނުގެ ދެކުނުގައި ހަމަލާތައް ވަރުގަދައަށް ކުރިއަށްދިޔަ ނަމަވެސް، އިސްރާއީލުން ޟާހިޔާ ސަރަހައްދަށް ހަމަލާދީފައިވަނީ ދެ ފަހަރެވެ. އެއާ ޚިލ؛ާފަށް ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިން ދަނީ ދެކުނު ލުބުނާންގައި އެއްބަސްވުމާ ކިލާފަށ ްހަމަލަތައ ްބަދަލު ކުރަމުންނެވެ. ލުބުނާން ސިފައިން ތިބެނީ އަތް އުރާލައިގެންނެވެ.
ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހަމަލާދިނުމުގެ އަމުރު ނެރެފައިވަނީ ހަފުތާ ބަންދުގައި ލުބުނާނުގެ ދެކުނުގައި ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަވެ، އިސްރާއީލް ސިފައިން 900 އަހަރުވީ ބިއުފޯޓް ކާސަލް ހިފާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ނަތަންޔާހޫ ވަނީ އެއްގަމު މަގުން ހިންގާ އޮޕަރޭޝަންތައް ފުޅާކުރުމަށްވެސް އަމުރުކޮށްފައެވެ.
ހަނގުރާމައިގެ ތަފާސްހިސާބުތައް (މާރިޗު 2 އިން ފެށިގެން):
- ލުބުނާނުގައި މަރުވި މީހުން: 3,370 އަށްވުރެ ގިނަ މީހުން (އިސްރާއީލުގެ ހަމަލާތަކުގައި).
- ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ މަރުވި މީހުން: 24 ސިފައިންނާއި 4 އާންމުން.
- ގެދޮރު ގެއްލުނު މީހުން: 1 މިލިއަނަށްވުރެ ގިނަ ލުބުނާނުގެ ރައްޔިތުން.
ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ލުބުނާނުގެ ދެކުނުގައި އަމިއްލައަށް ކަނޑައެޅި "ސެކިއުރިޓީ ޒޯނެއް" ހަދައި، އެ ސަރަހައްދުގެ އަވަށްތައް ސުންނާފަތިކުރަން ފަށާފައެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން ބުނާ ގޮތުގައި މީގެ ބޭނުމަކީ އާންމުންގެ ތެރޭގައި ފިލާ ތިބޭ ހިޒްބުالله ގެ ހަނގުރާމަވެރިންގެ ކިބައިން އިސްރާއީލުގެ އުތުރުގެ ރަށްތައް ރައްކާތެރިކުރުމެވެ.
ހިޒްބުالله އިން ބުނީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެހައްގު އެމީހުންނަށް ލިބިގެންވާ ކަމަށާއި، އާދިއްތަ ދުވަހު އެކަނިވެސް އިސްރާއީލުގެ ނަހާރިޔާ ރަށަށް ރޮކެޓް ހަމަލާތަކެއް ދިނުމާއެކު 21 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
- ލުބުނާނުގައި ހަމަލާތައް ވަރުގަދަވަމުންދާތީ، ފަރަންސޭސިވިލާތުން ވަނީ ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.
- އެމެރިކާއިން ދަނީ އިސްރާއީލާއި ލުބުނާނުގެ ސަރުކާރުގެ މަންދޫބުންގެ މެދުގައި ބައްދަލުވުންތަކެއް ބާއްވަމުންނެވެ. ނަމަވެސް، ނަތަންޔާހޫގެ އާ އަމުރާއެކު، އެމެރިކާ އިސްވެގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ފާއިތުވި ދުވަސްތަކުގައި ވަނީ ހީނަރުކަމެއް އައިސްފައެވެ.
- އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އައުން އަދި ނަތަންޔާހޫއާ ވާހަކަދައްކަވައި، މަޑުމަޑުން ހަމަލާތައް މަދުކުރުމުގެ (gradual de-escalation) ޕްލޭނެއް ހުށަހަޅުއްވާފައެވެ.



