"ޔަހޫދީންގެ މޫނުމަތީގައި ތަފާއްޔެއް!".. ފަލަސްޠީނަށް ތާއީދުކޮށް ޒަހްރާން މަމްދާނީ "ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ހިނގާލުން" ބޯއިކޮޓްކޮށްފި

ނިއުޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ، ފަލަސްޠީނުގެ ޙައްޤުތަކަށް ތާއީދުކުރުމުގެ ގޮތުން، އެމެރިކާގެ ނިއުޔޯކު ސިޓީގައި "ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ޝަރަފުގައި" އިންތިޒާމު ކުރި އަހަރީ ހިނގާލުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މިއާއެކު އޭނާ މިވަނީ އެތައް އަހަރެއް ވަންދެން ޔަހޫދީ ރެޖީމަށް ތާއީދުކޮށް ސިޔާސީ ގޮތުން ސާބިތުވެފައިވާ އާދަކާދައަކާ ޚިލާފުވެވަޑައިގެންފައެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި މި ހިނގާލުމަށް އެކި ނަންނަން ކިޔާފައިވީ ނަމަވެސް، "ޑޭ އޮފް އިސްރާއީލް" (ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ދުވަސް) ގެ ނަމުން ބާއްވާ ހިނގާލުމަކީ މޭޔަރުންނާއި، ގަވަރުނަރުންނާއި އަދި އެހެނިހެން ސިޔާސީ ލީޑަރުންނަށް ދޫކޮށްލެވޭނެ ފަދަ ހަރަކާތެއް ނޫނެވެ.

ޔަހޫދީ ޒަޔަނިސްޓުން މިމީހުންގެ ކެމްޕޭނާއި ދަތުރުތަކަށާއި ބަނގުރަލަށް ގިނަ ފައިސާތަކެއް ހޭދަ ކުރާތީ މިމީހުން ޒަޔަނިސްޓުންގެ އަޅުންގެ ގޮތުގައި ހަރަކާތްތެރި ވެއެވެ. ނަމަވެސ ްމަމްދާނީ ވަނީ ތަފާތު ދައްކާފައެވެ.

މި ދުވަހަކީ 1948 ގައި ފަލަސްޠީނު މީހުންގެ ޖެނޮސައިޑް ހިންގައި އެމީހުން ވަޒަނުން ބޭރުކޮށް ޔަހޫދީ ޖެނޮސައިޑް ރެޖީމް އުފެދުނު ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ނިއުޔޯކުގެ "ފިފްތު އެވެނިއު" އަށް އެއްވެ، ދިދަ ހޫރުވާ މުނާސަބާއެކެވެ.

ހިއްސާ ކުރައްވާ!