ޔަހޫދީ ރިޕޯޓުތައް: ލުބުނާނުގައި ހިންގާ ހަރަކާތްތައް ފުޅާކުރުމަށް އެމެރިކާއިން އެންގި!

ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ ސަލާމަތީ މަސްދަރަކުން "ވާލާ" ނިއުސް ސައިޓަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހޯމަ ދުވަހު އެ ރެޖީމުގެ ވައިގެ ބާރުތަކުން ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅަން ފެށުމާއި އަދި އެ އަވަށް ހުސްކުރުމަށް އަންގަނީ "އެމެރިކާއާ އެކު ވިލަރެސް ކުރެވިގެން ކަމަށެވެ.

އެ މަސްދަރު އިތުރަށް ބުނި ގޮތުގައި، ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ސިފައިން މީހުން މރުމުގެ ސީދާ އޮޕަރޭޝަނެއް ވެސް ހިންގާނެއެވެ. އަދި އެ މަސްދަރާ ހަވާލާދީ ބުނެފައިވަނީ، "ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ އުތުރު ސަރަހައްދުތަކަށް ހަމަޖެހުމެއް ނެތް ނަމަ، ބައިރޫތަކަށްވެސް ހަމަޖެހުމެއް ނޯންނާނެ" ކަމަށެވެ.

އެ ސައިޓުން ބުނާ ގޮތުގައި، ޔަހޫދީ ސިފައިން އަމާޒުކުރާނީ ބައިރޫތާއި ޟާހިޔާ އަވަށުގައި ހުރި ޙިޒްބުﷲގެ "ކޮމާންޑް މަރުކަޒުތައް" ކަމަށް ބުނާ ތަންތަނަށެވެ.

ހިއްސާ ކުރައްވާ!