ބެލެނިވެރިންނަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ބިންގާ: މެޑަމް ސާޖިދާ

ބެލެނިވެރިންނަކީ ހަރުދަނާ ޢާއިލާއަކާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ އަސްލު ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖޫން މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދަރިންގެ ހެދިބޮޑުވުމުގައި ލޯތްބާއި ކެތްތެރިކަމާއެކު ބޮޑެތި ޤުރުބާނީތަކެއްވާ ބެލެނިވެރިންގެ ދެގޮތެއްނުވާ ހިތްވަރަކީ މުޖުތަމަޢު ބަދަހިކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ. ދިވެހީންގެ މުޖުތަމަޢުގެ ބަދަހިކަން ސީދާ ގުޅިފައިވަނީ ޢާއިލީ ގުޅުންތަކާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވަނީ ބެލެނިވެރިންނަށް ކުދިން ހެޔޮގޮތުގައި، ލޯތްބާއި ރައްކާތެރިކަމާއެކު ބަލައި ބޮޑުކުރުމަށް ބޭނުންވާ ފުރުޞަތުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަށް މުޖުތަމަޢަށް ގޮވާލައްވާފައެވެ. ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީވެސް ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ފޯރުކޮށްދިނުމަށް ބެލެނިވެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް