ކުރިއަށް އޮތް ހަފްތާގައި އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އަންނަނީ

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސޮލީބީ އެމެރިކާއިން އީރާނާއެކު އައު އެއްބަސްވުމެއް ޤާއިމުކުރާނެ ކަމަށް ލަފާކުރާ ކަމުގައި ސޮލީބީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކަނޑުގެ ވިޔަފާރި ދަތުރުފަތުރުތަކަށް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި، ސޮލީބީ އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދާ މަޝްވަރާތައް ދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. މެސެޖުތައް ބަދަލުކުރުން މެދުކަނޑާލުމަށް އީރާނުން ނިންމި ނިންމުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުން ވާހަކަދެއްކުން ހުއްޓާލުމަކީ ސޮލީބީ އެމެރިކާއިން އަލުން އަސްކަރީ ޙަމަލާތައް ފަށާނެ ސަބަބެއް ނޫންކަން ސާފުކޮށްދެއްވިއެވެ.

ނަމަވެސް، އެމެރިކާއިން ޤަބޫލުކުރާ ޝަރުޠުތަކެއްގެ މަތިން އެއްބަސްވުމަކަށް އަންނަން އީރާނުން ތައްޔާރުވަންދެން، ސޮލީބީ އެމެރިކާގެ ސިފައިން އީރާނުގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އީރާން ނާކާމިޔާބު ކުރުމުގެ ނިޔަތުގައި ހިސާރަ ކުރުން ހިފަހައްޓާނެއެވެ. ރައީސް ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އެއީ ވަރަށް ވަރުގަދަ، "އަޅަނދުތަކަށް" ހުރަސް އެޅޭނެ ފަދަ ބަންދުކުރުމެކެވެ.

ހިއްސާ ކުރައްވާ!