އެފްރިކާގެ ބައެއް ޤައުމުތަކުގައި އަލުން ފެތުރެން ފަށާފައިވާ ނުރައްކާތެރި އެބޯލާ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، އެ ބައްޔާ ދެކޮޅަށް އެފްރިކާގެ ޢާންމު ޞިއްޙީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް އިންޑިއާ ސަރުކާރުން ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މިއީ އެފްރިކާގެ ބައްރުގައި ޞިއްޙީ ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އިންޑިއާއިން ފޯރުކޮށްދޭ މައިގަނޑު އެހީތެރިކަން:
- ބޭހާއި ޞިއްޙީ ސާމާނު ފޮނުވުން: ބަލިޖެހޭ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ޒަރޫރީ ބޭސްތަކާއި، ރައްކާތެރިވުމަށް ޞިއްޙީ އެހީތެރިން ބޭނުންކުރާ ޚާއްޞަ ހެދުމާއި މާސްކު ފަދަ ސާމާނުތައް އިންޑިއާއިން އަންނަނީ އެފްރިކާގެ ޤައުމުތަކަށް ސަޕްލައިކޮށްދެމުންނެވެ.
- ޓެކްނޮލޮޖީއާއި ތަމްރީނު ދިނުން: ބަލި މީހުން އަވަހަށް ދެނެގަތުމަށް ބޭނުންވާ ލެބޯޓްރީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ބަލި ފެތުރޭ ގޮތް މޮނިޓަރުކުރާނެ ޑިޖިޓަލް ނިޒާމުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު އިންޑިއާގެ މާހިރުން އަންނަނީ އެފްރިކާގެ ޞިއްޙީ ލީޑަރުންނަށްދެމުންނެވެ.
- ވެކްސިން ފޯރުކޮށްދިނުމުގެ ޤާބިލުކަން: ދުނިޔޭގެ ބޭސްފަރުވާގެ މަރުކަޒުގެ ގޮތުގައި ބެލެވޭ އިންޑިއާއިން ދަނީ އިބޯލާއާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތައް އެފްރިކާގެ ބޭނުންޖެހިފައިވާ ސަރަޙައްދުތަކަށް އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިކުރަމުންނެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި، އެފްރިކާގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަކީ އިންޑިއާއިން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އެބޯލާ ފަދަ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމުގައި އެފްރިކާގެ ސަރުކާރުތަކުން ކުރާ މަސައްކަތުގައި އިންޑިއާ އަބަދުވެސް ސާބިތުކަމާއެކު އެހީތެރިއެއްގެ ގޮތުގައި އޮންނާނެއެވެ.
މި އެހީތެރިކަމުގެ ސަބަބުން އެފްރިކާގެ ރަށްފުށުގެ ސަރަޙައްދުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ހިތްވަރެއް ލިބި، ދުނިޔޭގެ ޞިއްޙީ ރައްކާތެރިކަން ބަލަހައްޓާ ޖަމްޢިއްޔާތަކުންވެސް އިންޑިއާގެ މި ދައުރު ބަލައިގަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.





