މެދުއިރުމަތީގައި އީރާނުން ދައްކަމުންދާ ސާބިތުކަމާއި ވަރުގަދަ ބާރުގެ ކުރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޑުޖެހި، އީރާނުގެ އެންމެ މަތީ ވެރިޔާ އިމާމް މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ.
ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާ ގުޅޭގޮތުން މަސްރަޙު ބަދަލުވަމުންދަނީ ވަރަށް ހަލުވިކަމާއެކު ކަމަށާއި، ކުރިއަށް އޮތް މަރުޙަލާގައި މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ ބޭނުންފުޅުވާ ކަމެއް ކަމަށެވެ. މިއީ ސަރަޙައްދީ ސިޔާސަތުގައި އީރާނުން ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން، އެމެރިކާއަށް އީރާނުގެ ނުފޫޒާއި މުހިންމުކަން ގަބޫލުކުރަން މަޖުބޫރުވެފައިވާކަން ހާމަކޮށްދޭ ނިންމުމެކެވެ.
އީރާނުގެ ޤައުމީ ދިފާޢީ ބާރާއި ސިފައިން ދައްކުވައިދިން ސާބިތުކަމުގެ ސަބަބުން އެމެރިކާގެ ބޮޑާކަން ކުޑަވެ، މަޝްވަރާގެ މޭޒަށް އައުމަށް ޓްރަމްޕް މިހާރު ބޭނުންވެއެވެ. އީރާނުގެ ސިޔާސީ އަދި ރޫޙާނީ ލީޑަރޝިޕްގެ ހަރުދަނާކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މިހާރު ޖެހިލުންވާކަން ޓްރަމްޕްގެ މި ވާހަކަތަކުން ސާފުވެއެވެ.
ޓްރަމްޕް ވަނީ ނަތަންޔާހުއާ ދިމާއަށް އަވަގުރާނަ ގޮވިކަމަށްވެސް އެއްބަސްވެ ވަޑައިގެންފައެވެ. ވިދާޅުވީ ނަތަންޔާހޫއާ ގުޅުން ރަނަގޅު ކަމަށެވެ. ނަމަވެސް އޭނާ އުޅެގަތް ގޮތުން ކޮށިއަރުވާލީ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ރައްޔިތުންނަކީ ވަރަށް ހުނަރުވެރި، ވިސްނުންތޫނު އަދި ކަންކަމުގައި މުޢާމަލާތްކުރަން ދަންނަ ބައެއް ކަމަށެވެ. މި ވާހަކަތަކުން ދޭހަކޮށްދެނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި އެއްވެސް ކަމަކުން އީރާނު ބަލިކޮށްނުލެވުނުތަނުގައި، މިއަދު އީރާނުގެ ލީޑަރުގެ ފައިންޕުޅު ދެކެން ޓްރަމްޕް ބޭނުން ވެފައިވާ މިންވަރެވެ.







