ind
ind

"އިސްލާމް ފްރެންޑްލީ" ޖިމެއްގެ ގޮތުގައި އިޝްތިހާރު ކުރުމުން ފާޑުކިޔުން

ކެރަލާގެ ޕަލަކަޑް ޑިސްޓްރިކްޓްގައި ހުންނަ ފިޓްނަސް ސެންޓަރަކުން "އިސްލާމް ފްރެންޑްލީ" ޖިމެއްގެ ގޮތުގައި އިޝްތިހާރު ކުރުމުން ބޮޑު ބަހުސަކާއި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މި ފާޑު ކިޔުން އަމާޒުވެފައި ވަނީ:

  • ޖިމްގެ ވެރިފަރާތުން ބުނާ ގޮތުގައި، މި ޖިމްގައި ފިރިހެނުންނާއި އަންހެނުންނަށް މައްސުނި ވިޔަ ނުދިނުމަށްޓަކައި ވަކި ވަގުތުތަކަކާއި ވަކި ޖާގަތައް ހަމަޖައްސައިދޭނެއެވެ. (މިއީ އިންޑިއާގެ ރޭލު ތަކުގަިއވެސް ބޭނުންކުރާ އުސޫލެކެވެ.)
  • ޖިމްގެ ތެރޭގައި ބާރު އަޑުން މިއުޒިކް ޖެހުން ހުއްޓާލާނެއެވެ.
  • މިބަދަލުތަކެއް ގެނައީ، އިސްލާމީ އުސޫލުތަކަށް ތަބާވާ، އަދި އާއްމު ޖިމްތަކުގައި ހުންނަ މިއުޒިކާއި، ފިރިހެނުންނާއި އަންހެނުން އެކުގައި ކަސްރަތު ކުރަން ޖެހޭތީ ޖިމަށް ދާން އުނދަގޫވާ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ވެރިފަރާތުން ބުނެފައިވެއެވެ.
  • ފާޑުކިޔުންތައް އަމާޒުވުމުން ވެރިފަރާތުން ބުނެފައިވަނީ، މިއީ ހަމައެކަނި މުސްލިމުންނަށް ޚާއްސަ ޖިމެއް ނޫން ކަމަށާއި، ކޮންމެ ދީނެއްގެ މީހަކަށްވެސް މި ޖިމަށް އައުމުގެ ފުރުސަތު އޮތް ކަމަށެވެ.
  • މިއީ ހަމައެކަނި ޖިމް ހިންގާ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި މީހުންގެ ޚިޔާލުތައް ވަނީ ދެބައިވެފައެވެ. ބައެއް މީހުން ބުނަނީ އަންހެނުންނާއި ފިރިހެނުންނަށް ވަކި ޖާގަތައް ހުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އަނެއްބައި މީހުންނަށް ވަނީ އިސްލާމް އެ ބަސް ބޭނުން ކުރުމުން މޭ ކަރާ ކަމަކަށް ވެފައެވެ. އެމީހުންނަށް އެއީ މުޖުތަމައު ބައިބައި ކުރާކަމެކެވެ!

ހިއްސާ ކުރައްވާ!