އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚަމަނާއިއާ ބައްދަލުކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން، އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ ޚިޔާލެއް އިރާންގެ ކިބަިއގައި ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަގްޗީ ދޮގުކުރައްވައިފިއެވެ.
މަޔާދީން ޓީވީ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ، ޓްރަމްޕް ބައްދަލުވުމަކަށް ތައްޔާރަށް ހުންނެވި ކަމަށް ނުވަތަ ބައްދަލުވުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް ބުނާ ރިޕޯޓެއް އޭނާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، އަޅުގަނޑުމެން ވާންޖެހޭނީ ޙަޤީޤަތް ޤަބޫލުކުރާ ބަޔަކަށް ކަމަށާއި، ވިސްނައި ދިރިއުޅެންޖެހޭނީ ޙަޤީޤީ ދުނިޔޭގައި ކަމަށެވެ.
ތަޖުރިބާކަރު ޑިޕްލޮމެޓް އަރާގްޗީ ވަނީ ބައްދަލުވުމެއް ބޭއްވުމަކީ ޙަޤީޤަތަކަށް ވުން ދުރު ކަމެއް ކަމަށް ޑިޕްލޮމެޓިކް ބަހުރުވައިން އެމެރިކާއަށް ވިސްނައި ދެއްވާފައެވެ.






