ބެއިރޫތަށް ހަމަލަ ނުދޭކަމަށް ބުނުމަށް ފަހު ޔަހޫދީ އުސޫލުން ވައުދާ ޚިލާފް ވެއްޖެ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށް (ޟާޙިޔާ އަވަށަށް) ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމު ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާޢީ ވަޒީރު އިސްރާއިލް ކާޓްޒްގެ ސީދާ އަމުރަށް ދިން މި ހަމަލާތަކަކީ، ބެއިރޫތަށް ހަމަލާ ނުދޭނެ ކަމަށް ބުނެ ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް ދިން ހަމަލާތަކެކެވެ. ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ބޮޑުވަޒީރުގެ އޮފީހުން ބުނާގޮތުގައި، މި ހަމަލާތައް ދިނީ ޙިޒްބުﷲ އިން ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ޖަމާޢަތުގެ މަރުކަޒުތަކަށެވެ.

މީގެ އިތުރުން، ލުބުނާނުގެ ދެކުނުގައިވާ ނަބަޠިއްޔާ ސިޓީގެ ބޭރުގެ ސަރަޙައްދުތަކަށް ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމު ސިފައިން އެއްގަމު މަގުން ވަދެ ހަނގުރާމަވެރިންނާއި ގޮއްވާލާ ތަކެތި ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ. ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ސިފައިން ދެކޭގޮތުގައި، ޙިޒްބުﷲ ގެ އެންމެ ބޮޑު އެއް މަރުކަޒު ކަމަށްވާ ނަބަޠިއްޔާ އެމީހުންގެ އަތްދަށަށް ދިއުމަކީ ލުބުނާނަށް ލިބޭނެ ބޮޑު ސިހުމެކެވެ.

ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ މީޑިއާން ނަބަޠިއްޔާ ހިފާފައިވާ ކަމަށް ބުނަމުންދިޔަ ނަމަވެސް، އަލްޖަޒީރާގެ ބެއިރޫތު ބިއުރޯގެ ޑައިރެކްޓަރު މާޒިން އިބްރާހީމް ރިޕޯޓްކުރާގޮތުގައި އެ ސަރަޙައްދުގެ ޙަޤީޤީ މަސްރަޙް މުޅިން ތަފާތެވެ. ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމު ސިފައިންނަށް ނަބަޠިއްޔާގެ އެއްވެސް އަވަށަކަށް އެތެރެއެއް ނުވެވެއެވެ. ޙިޒްބުﷲ އިން ދެމުންދާ ހަމަލާތަކުގައި ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ އަސްކަރީ އުޅަނދުތަކުގައި ރޯކޮށް އަނދަމުންދާ މަންޒަރު އަލްޖަޒީރާގެ ކެމެރާތަކަށް ވަނީ އަރާފައެވެ.

ޙިޒްބުﷲ އިން ހާމަކުރިގޮތުގައި، އާދިއްތަ ދުވަހުގެ ފަތިހުން ފެށިގެން އެ ޖަމާޢަތުން ވަނީ ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމު ސިފައިންނަށް އަމާޒުކޮށް ފަސް ހަމަލާއެއް ދީފައެވެ. އޭގެ ތެރޭގައި ރޮކެޓް ހަމަލާތަކާއި، ބޮންއަޅާ ޑްރޯން ހަމަލާތަކުގެ އިތުރުން ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ މާރްކާވާ ޓޭންކަކަށް ދިން ހަމަލާ ހިމެނެއެވެ. މި ހަމަލާތަކަކީ ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުން ލުބުނާނުގެ އަވަށްތަކަށް ދެމުންދާ ހަމަލާތަކުން ދިފާޢުވުމަށް ދޭ ހަމަލާތަކެއް ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

މި ހަމަލާތަކުގެ ސަބަބުން ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ރިޒާވް ސިފައިންގެ ހަތަރު މީހަކު ޒަޚަމް ކޮށްފައިވާ ކަމަށް ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ސިފައިން ވަނީ އެއްބަސްވެފައެވެ. އަދި ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޒަޔަނސިްޓު ޖެނޮސައިޑް ރެޖީމުގެ ކޮމާންޑޯ ޔުނިޓެއްގެ ޑެޕިއުޓީ ކޮމާންޑަރަކާއި އިތުރު ސިފައިންގެ މީހަކު ޖަހަންނަމައަށް ފޮނުވާލާފައިވާ ކަމަށްވެސް ހާމަކުރެއެވެ.

ލުބުނާނުގެ ސިފައިންގެ ކޮމާންޑަރު ރުޑޮލްފް ހައިކަލް މިހާރު ދަނީ ޕާކިސްތާނުގެ އިސްލާމްއާބާދަށް ޒިޔާރަތްކުރައްވަމުންނެވެ. މި ޒިޔާރަތުގެ ބޭނުމަކީ ޕާކިސްތާނުގެ މެދުވެރިކަމާއެކު، އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ ތެރެއިން ލުބުނާނުގެ ދެކުނުގައި ހަމަލާތައް ހުއްޓުވުމުގެ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމެވެ. މި މަޝްވަރާތަކަށް ލުބުނާނުގެ ރައީސް ޖޯސެފް ޢައޫން އާއި މަޖިލީހުގެ ރައީސް ނަބީހް ބައްރީ ތާއީދުކުރައްވައެވެ.

ހިއްސާ ކުރައްވާ!