ދުނިޔޭގެ އެންމެ އިތުބާރު ހުރި ޚިޔާލު ހޯދުމުގެ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން އެންމެ ފަހުން ނެރުނު 2026 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، އިސްރާއީލާ މެދު ދުނިޔޭގެ މުޖުތަމަޢުން ދެކޭގޮތް ވަނީ ތާރީޚުގައިވެސް ނުދެކޭ މިންވަރަށް ދަށަށް ގޮސްފައެވެ.
މި ސާވޭ ކޮށްފައި ވަނީ، 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތުގެ ދުވަސްވަރު ފެބްރުއަރީ 8 އިން މެއި 10 ގެ ނިޔަލަށެވެ.
މިއީ ދުނިޔޭގެ ހުރިހާ ބައްރުތަކެއް ހިމެނޭހެން 36 ޤައުމަކުން 40,657 މީހުންގެ ސާމްޕަލްއެއް ބޭނުންކޮށްގެން ހަދާފައިވާ ވަރަށް ފުޅާ ދިރާސާއެކެވެ.
ސާވޭގެ ޚުލާޞާ: އިސްރާއީލާމެދު ބޮޑު ނުރުހުމެއް
މި ސާވޭއިން ފެންނަ އެންމެ މުހިންމު ނަންބަރަކީ އިސްރާއީލާ މެދު ދުނިޔޭގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމުގެ ބޮޑުމިނެވެ.
- ނޭދެވޭ ވިސްނުން: ދުނިޔޭގެ އާބާދީގެ 67 އިންސައްތަ މީހުން އިސްރާއީލާ މެދު ދެކެނީ ނޭދެވޭ ގޮތަކަށެވެ.
- އެދެވޭ ވިސްނުން: އިސްރާއީލަށް ތާއީދުކުރަނީ ނުވަތަ ރަނގަޅު ގޮތެއްގައި ދެކެނީ އެންމެ 25 އިންސައްތަ މީހުންނެވެ.
މިއީ މި ސާވޭގެ ތާރީޚުގައި، ސާވޭކުރި 36 ޤައުމުގެ ތެރެއިން އެންމެ ޤައުމެއްގައިވެސް އިސްރާއީލަށް ސަޕޯޓު ކުރާ މީހުން މަދުވެފައިވާ ކަމަށް ދެއްކި ފުރަތަމަ އަހަރެވެ.
އިސްރާއީލާ އެންމެ ސަޕޯޓު ބޮޑު ކަމަށް ފެނުނީ ކެންޔާއިންނެވެ. ކެންޔާއިންވެސް ލިބުނީ ސީދާ 50 އިންސައްތައިގެ ތާއީދެކެވެ.
ޤައުމުތަކުގެ ނިސްބަތުން ނުރުހުން ހުރި މިންވަރު
| ޤައުމު | އިސްރާއީލާ ދެކޮޅު ނިސްބަތް |
| ތުރުކީ | 97% |
| ޕާކިސްތާނު | 95% |
| އިޓަލީ | 75% |
| އެމެރިކާ | 60% |
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާގެ ނަންބަރުތަކެވެ.
2025 ވަނަ އަހަރު އެމެރިކާގައި އިސްރާއީލާ ދެކޮޅު ވިސްނުން 53 އިންސައްތައިގައި ހުރުމަށްފަހު، އެންމެ އަހަރެއްގެ ތެރޭގައި އެ އަދަދު ވަނީ 7 އިންސައްތަ އިތުރުވެ، 60 އިންސައްތައަށް އަރާފައެވެ.
"އަޤްޞާ ޠޫފާން" ކާމިޔާބު ނުވުން އިލާހީ މަޞްލަޙަތެއް
މި ބަދަލުތަކުގެ އަޞްލަކީ ކޮބައިތޯއެވެ؟ ދުނިޔޭގެ ސިޔާސީ މަސްރަޙަށް އައި މި ބޮޑު ބަދަލާއި، އިސްރާއީލުގެ މޫނުމަތި މިހާ ބޮޑަށް ހުތުރުވެގެންދިއުމުގެ ފަހަތުގައިވަނީ މާތްﷲގެ މަތިވެރި ރޭވުންތެރިކަމާއި މަޞްލަޙަތެވެ.
"އަޤްޞާ ޠޫފާން" ގެ އޮޕަރޭޝަނުން، ހަމާސްއާއި އިސްލާމީ ޖިހާދުން ބޭނުންވި އަސްކަރީ ފުރިހަމަ ކާމިޔާބީ ހާސިލެއް ނުކުރެވުނެވެ. އެ އޮޕަރޭޝަން ކާމިޔާބުވި ނަމަ މިއަދު ދުނިޔޭގެ މީހުންނަށް މިފެންނަ ޒަޔަނިސްޓުންގެ އަނިޔާވެރިކަން ނުފެނުނީހެވެ! އެއީވެސް އިލާހީ ޙިކުމަތެކެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ޔަހޫދީން ދުނިޔެއަށް ސާބިތުކޮށްދޭން ފެށި ރަހުމެއްނެތް ލޭއޮހޮރުވުންތަކުގެ ސަބަބުން، މި ޒަމާނުގެ މީހުންނަށް އެ މީހުންގެ ޙަޤީޤީ ސޫރަ މިވަނީ ވަރަށް ސާފުކޮށް ބޭޒާރުވެފައެވެ.
މިއީ 1948 ގެ ކުރީގެ އަހަރުތަކުގައި އެ މީހުންގެ ޙަޤީޤަތް އޭރުގެ މީހުންނަށް އެނގުނު ފަދައިންނެވެ. އަދި އޭގެވެސް މާ ކުރިން، ސްޕެއިންގެ އަންދަލުސްގައި މުސްލިމުންގެ ހިޔަލުގައި އެ މީހުން އުޅުނުއިރު، މުސްލިމުންނާ މެދު އެ މީހުން ޢަމަލުކުރި މަކަރުވެރި ގޮތް އޭރުގެ މީހުންނަށް ފާޅުވި ފަދައިންނެވެ.
މި މީހުންގެ ނުބައި ޢަމަލުތަކާއި، އުޅުމާއި، އަދި މުޢާމަލާތްތައް ހުރީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި އެ މީހުންނާ ބެހޭގޮތުން ބަޔާންކުރައްވާފައިވާ ސިފަތަކާ ސީދާ ދިމާވާ ގޮތަށެވެ. އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ.
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ (ސޫރަތުލް މާއިދާ: 64)
އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، ﷲ އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަ ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، ފަސާދަ ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.
80 އަހަރުގެ ބާރު 3 އަހަރުން ފުނޑުފުނޑުވުން
ދުނިޔޭގެ 67 އިންސައްތަ މީހުން އެއް އަޑަކުން މި ބުނާ ވާހަކައަކީ ހަމައެކަނި ޚިޔާލެއް ނޫނެވެ. މިއީ ފާއިތުވި 80 އަހަރުގެ ތެރޭގައި ބިނާކުރި ޑިޕްލޮމެޓިކް އަދި ސިޔާސީ ބާރު، އެންމެ 3 އަހަރުގެ ތެރޭގައި އިސްރާއީލަށް ބައިނަލްއަޤްވާމީ މައިދާނުގައި ގެއްލި، ބިމުގައި ފަސާދަކުރާ ބައެއްގެ ގޮތުގައި މުޅި ދުނިޔެއަށް ބޭޒާރު ވެއްޖެކަމުގެ ސާފު ހެއްކެކެވެ.






