މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އީރާނަށް ޚާއްޞަ ސިފައިން ބާލާނެ ކަމަށް ބުނެ ޓްރަމްޕް ބިރުދައްކަން ފަށައިފި

ސޮލީބީ އެމެރިކާއިން އީރާނުގެ ވަރުގަދަ ޢަޒުމް ގުޑުވާލުމަށް ކުރާ ބޭކާރު މަސައްކަތްތަކުގެ ދަށުން، އެ ޤައުމާއެކު ކުރިއަށްދާ މަޝްވަރާތައް މުޅިން ނާކާމިޔާބުވެއްޖެ ހާލަތެއްގައި އީރާނުގެ ފަސްގަނޑަށް އެމެރިކާގެ ޚާއްޞަ ސިފައިން ބާލަންޖެހިދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުގެ ރޫޙެއްގައި ވާހަކަދައްކަވައިފިއެވެ.

ބްރިޓިޝް ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އީރާނުގެ މިނިވަންކަމަށް އަރައިގަތުމުގެ ނުރައްކާތެރި ވިސްނުންތަކެއް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް މިހާރު އޮތީ ދެ ގޮތް ކަމަށެވެ. އެއީ އީރާނުގެ ފަސްގަނޑަށް އަރައިގަނެ ކުރިން އަސްކަރީ ގޮތުން އެމެރިކާއަށް ޙައްލުނުކުރެވި، ނާކާމިޔާބުވެފައި ހުރި ކަންކަން ބާރުގެ ބޭނުންކޮށްގެން ނިންމާލުން ނުވަތަ އީރާނުގެ ރައްޔިތުން ނިކަމެތިކުރުމަށް އަޅާފައިވާ ޣައިރު ޤާނޫނީ އިޤްތިޞާދީ ޙިޞާރު އެގޮތުގައި ކުރިއަށް ގެންދިއުމެވެ. ޓްރަމްޕް އިޢުތިރާފުވި ގޮތުގައި އީރާނާ ދެކޮޅަށް ސީދާ އަސްކަރީ ހަމަލާއަކަށް ދިއުމަށްވުރެ، މި އަނިޔާވެރި ފިޔަވަޅުތަކުގެ ބޭނުންހިފުން އެމެރިކާއަށް މާ ނަތީޖާ ރަނގަޅެވެ.

އީރާނުގެ ބާރުގެ ކުރިމަތީގައި މަޝްވަރާތައް ކުރިއަށް

ޒަޔަނިސްޓް އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ ޖަރީމާތަކާއި އީރާނާ ދެކޮޅަށް ދެމުންދާ ޢުދްވާންތަކާއެކުވެސް، އީރާނުގެ ސަރަހައްދީ ބާރާއި ނުފޫޒުގެ ސަބަބުން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ ސިއްރު މަޝްވަރާތަކަށް ހުރަސްއަޅަން އެމެރިކާއަށް ވަނީ ނުކުޅެދިފައެވެ. ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވި ގޮތުގައި އިސްރާއީލުގެ ސަބަބުން މަސްރަޙު ހޫނުވި ނަމަވެސް، އީރާނުގެ ސާބިތުކަމާއެކު އެއްބަސްވުމަކަށް އާދެވޭނެއެވެ.

އީރާނުގެ ދިފާއީ ބާރާއި ނިއުކްލިއާ ޙައްޤުތައް ކަށަވަރުކުރުމަށް ކުރިއަށްދާ މަޝްވަރާތަކާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ، މި ހަމަނުޖެހުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އޭނާ ގަބޫލުކުރަނީ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އީރާނުން ދަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ލާއިންސާނީ އިޤްތިޞާދީ ފިޔަވަޅުތައް އެއްކޮށް އުވާލުމަށް ވަރުގަދައަށް ވަކާލާތުކުރަމުންނެވެ.

ޒަޔަނިސްޓުންނަށް ދިން ނަމޫނާ ރައްދު ހަމަލާ

އާދީއްތަ ދުވަހުގެ ރޭ އީރާނުގެ އިސްލާމީ ބާރުތަކުން ވަނީ އަނިޔާވެރި އިސްރާއީލުގެ ފަސްގަނޑަށް އަމާޒުކޮށް ކާމިޔާބު އަދި ބާރުގަދަ ބެލސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މިއީ މިއަހަރުގެ އެޕްރީލް މަހު ޤާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އިސްރާއީލުގެ ކިބުރުވެރިކަން ކަނޑުވާލުމަށް އީރާނުން ދިން ފުރަތަމަ ސީދާ ރައްދު ހަމަލާއެވެ. އީރާނުން ހާމަކުރި ގޮތުގައި މި ހަމަލާއަކީ ލުބުނާނުގެ ބޭރޫތުގެ ދެކުނުގެ ސަރަހައްދުތަކުގައި ތިބި ނިކަމެތި އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ލާއިންސާނީ ވައިގެ ހަމަލާތަކުގެ ދިފާއުގައި ދިން ޙައްޤު ރައްދެކެވެ.

އީރާނުގެ މި ޖެހިލުންކުޑަ އަސްކަރީ ބާރު ފެނުމުން، ސިހުންލިބިފައިވާ ރައީސް ޓްރަމްޕް ވަނީ އިސްރާއީލުން މި ވަގުތު އީރާނަށް އެއްވެސް ރައްދު ހަމަލާއެއް ނުދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އިސްރާއީލުން ޖާހިލުކަމާއެކު މަސްރަޙު އިތުރަށް ގޯސްކޮށްފިނަމަ، އެމެރިކާއަށް އޭގެ ބޮޑު ގެއްލުމެއް ލިބި، މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް މުޅިން ހުއްޓިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވެރިންނަށް ދެއްވާފައެވެ.

ހިއްސާ ކުރައްވާ!