ތްރަމްޕް ދައްކާ ވާހަކައަށް އީރާނުން އިތުބާރެއް ނުކުރޭ

އެމެރިކާއާއި އީރާނާ ދެމެދު ކައިރި މުސްތަޤްބަލެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު އީރާނުގެ އިސް މަސްއޫލުވެރިޔަކު ސުވާލު އުފައްދަވައިފިއެވެ. އޭނާ ސީއެންއެން އާ ވާހަކަ ދެއްވަމުން ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ޔުރޭނިއަމް މުއްސަނދިކުރުމުގެ ކަންކަމުގައި އަދިވެސް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ.

އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ ރައީސް އިބްރާހީމް ޢަޒީޒީ ސީއެންއެން އަށް ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި އަދިވެސް އިތުބާރު ނެތުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި އެއްބަސްވުމެއްގެ އޮނިގަނޑު ފައިނަލް ކުރުމަށް ވޮޝިންގްޓަނުން ސީރިއަސް ވިސްނުމެއް ގެންގުޅޭ ތަން ތެހެރާނަށް އަދި ފެނިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތައް ކުރިމަތިވެފައި މިވަނީ މިދިޔަ އެޕްރީލް މަހު އެއްބަސްވި ވަގުތީގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އީރާނާއި އިސްރާއީލާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށް މަސްރަޙު އަނެއްކާވެސް އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!